Sunday, 26 July 2026
Ads by

ޤަޟާނުކުރެވި ހުރި ފަރުޟު ރޯދަތައް ޤަޟާކުރުމަށް އަވަސްވެގަނޭ: ޚުޠުބާ

ޤަޟާނުކުރެވި ހުރި ފަރުޟު ރޯދަތައް ޤަޟާކުރުމަށް އަވަސްވެގަނޭ: ޚުޠުބާ

ފާއިތުވި ރަމަޟާން މަހުގެ ރޯދަތައް ޤަޟާ ނުކުރެވި ހުރި ނަމަ، އެ ރޯދަތައް ޤަޟާކުރަން އަވަސްވެގަތުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

Ad Image
Ads by

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫޢުއަކަށް އަލިއަޅުވާލެއްވީ ”ޝަޢުބާން މަހު ކުރެވޭ ހެޔޮ ޢަމަލު“ މި މަޢުޟޫޢުއަށެވެ. ޚުޠުބާގައި ބުނީ، މިހާރު އަހަރެމެން ގުނަމުންދާ ޝަޢުބާން މަހަކީ ރަމަޟާން މަހަށް މަރުޙަބާ ކިޔުމަށްޓަކައި ތައްޔާރުވާން އޮތް ޚާއްޞަ މަހެއް ކަމަށެވެ. އެގޮތުން، ރޯދައާ ގުޅޭ ދީނީ ޙުކުމްތައް އުނގެނުމަށާއި، މި މަހު ސުންނަތް ރޯދަ ހިފައި، ހެޔޮ ޢަމަލުތައް ގިނަކޮށް އަޅުކަމުގައި ހީވާގިވުމަށް ޚުތުބާގައި ބާރުއަޅާފައިވެއެވެ.

ކީރިތި ރަސޫލާ ﷺ ގެ ސުންނަތަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ޝަޢުބާން މަހަކީ މީސްތަކުން އެ މަހަކާ މެދު ޣާފިލުވެފައިވާ މަހެއް ކަމަށާއި، ނަމަވެސް އެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް އަޅުތަކުންގެ ޢަމަލުތައް އުފުއްލެވޭ މަސް ކަމަށެވެ. އެހެންކަމުން، ރޯދައަށް ހުރެ ޢަމަލުތައް އުފުއްލެވުމަށް އެކަލޭގެފާނު ލޯބިކުރެއްވި ކަމަށް ޙަދީޘްފުޅުތަކުން އެނގެން އޮތްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ޚުތުބާގައި އިތުރަށް ބުނީ، ހެޔޮ ޢަމަލު ކުރުމުގައި ދެމިހުރުމަކީ މުހިންމު ކަމެއް ކަމަށާއި، މާތް اللهގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ކިތަންމެ މަދުން ނަމަވެސް އެ ކަމެއް ކުރުމުގައި ދެމިހުންނަ ޢަމަލު ކަމަށެވެ.

ޝަޢުބާން މަހުގެ މުހިންމު ކަންކަމަށް ބަލާއިރު، މި މަހަކީ މުސްލިމުންގެ ޤިބުލަ އަލްމަސްޖިދުލްއަޤްޞާއިން ކަޢުބަތުﷲ ގެފުޅަށް ބަދަލުވި މަސް ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވާކަން ޚުތުބާގައި ފާހަގަކުރިއެވެ. އަދި ޝަޢުބާން މަހުގެ ފަނަރަވިލޭރޭގެ މަތިވެރިކަމާ ބެހޭގޮތުން ވާހަކަދައްކަމުން، އެ ރޭ މާތް الله މުއުމިނުންގެ ފާފަ ފުއްސަވައިދެއްވާނެ ކަމަށާއި، ނަމަވެސް އެ ރެއަށް ޚާއްޞަ ވަކި ނަމާދެއް ނުވަތަ ދުޢާއެއް އޮތްކަން ޞައްޙަ ސަނަދުން ސާބިތުނުވާ ކަމަށްވެސް ބުންޏެވެ.

 

މިއަދުގެ ޚުތުބާގައި އަލިއަޅުވާލެއްވި، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި:

  • ރޯދައިގެ ޙުކުމްތައް އުނގެނުން: ރޯދަ ގެއްލޭ ކަންތައްތަކާއި، ޤަޟާކުރުމާއި ފިދުޔައިގެ ޙުކުމްތައް އަމިއްލައަށާއި އަނބިދަރިންނަށް ދަސްކޮށްދިނުން.
  • ޤަޟާ ރޯދަ ފުރިހަމަކުރުން: ވޭތުވެދިޔަ އަހަރުތަކުގައި ނުހިފި ހުރި ފަރުޟު ރޯދަތައް މި މަސް ނިމުމުގެ ކުރިން ހިފައި ނިންމުން.
  • އިސްރާފު ކުޑަކުރުން: ރަމަޟާން މަހަކީ އިސްރާފުކުރާ މަހަކަށް ނުހަދައި، ދީލަތިކަމާއެކު ޞަދަޤާތްކުރުމަށް ނިޔަތްގަތުން.
  • ވިޔަފާރިވެރިންގެ ދައުރު: ވިޔަފާރިވެރިން އަގުތައް ހެޔޮކޮށް ދީލަތިވުމަކީ ބޮޑުވެގެންވާ ޘަވާބު ލިބޭނެ ކަމެއް ކަމުގައި ބުނުން.
  • އަޚްލާޤު ރީތިކުރުން: ދުލާއި ގުނަވަންތައް ފާފަތަކުން ރައްކާތެރިކޮށް، ޒުވާބުކުރުމާއި ހުތުރު ބަސްތަކުން ދުރުހެލިވުން ހިމެނެއެވެ.

 

ހުކުރު ޚުޠުބާ ނިންމާލަމުން ބުނީ، ރަމަޟާން މަހަކީ ކީރިތި ޤުރުއާނުގެ މަސް ކަމަށްވާތީ، ޤުރުއާން ކިޔެވުމާއި ދީނީ ދަރުސްތައް އަޑުއެހުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، މުޅި ރަމަޟާން މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި