Ads by
ޚަބަރު
ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ މިއަދު 1 ޖަހާއިރު

ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު 1 ޖަހާއިރު ބޭއްވުމަށް ނިންމައިފިއެވެ.

Ads by Eki Online

މިއީ ދައުުރުން ބޭރުން ބާއްވާ މަޖިލީހުގެ 2 ވަނަ ޖަލްސާއެވެ. ދައުރުން ބޭރުން ފުރަތަމަ ޖަލްސާ ބޭއްވީ އިއްޔައެވެ.

މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި އެ ޕާޓީއާއެކު މަޖިލީހުގައި މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސް އިން ވަނީ ނިންމާފައެވެ. އެއާއެކު ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ އިއްޔެ ހެނދުނު ބާއްވަން އުޅުނު ޖަލްސާ ކުރިއަށް ގެންދިޔަނުދީ ހުއްޓުވާފަ އެވެ. އަދި އޭގެފަހުން ރޭ ޖަލްސާ ބާއްވަން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޑރ. މުއިއްޒުގެ ކެބިނެޓްގައި 22 ވަޒީރުން ތިއްބަވާއިރު އެމްޑީޕީން ނިންމާފައިވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް، އިސްމާލިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދިނުމަށެވެ.

ފުރަތަމަ މަޖިލީހުގެ ޖަލްސާ އިއްޔަ 9:00 އިން 10:30 އަށް ކުރިއަށް ގެންދިއުމަށް ފަހު ޖަލްސާ މެދުކަނޑާލީ މެންދުރު 1:30 ގައި އަލުން ފެށުމަށެވެ. އެއީ ވަޒީރުންނަށް ރުހުން ދިނުމާމެދު ވޯޓަށް އަހާށެވެ. ނަމަވެސް ނިޒާމު ގެއްލި އެގަނޑީގައި ވޯޓަށް ނޭހުނެވެ.

ދެން ރޭގެ މަޖިލިސް ފެށުނީ 8 ޖެހިއިރުއެވެ. އަނެއްކާ ވެސް ނިޒާމު ނެތިގެން, މަޖިލިސް މެދު ކަނޑާލިއެވެ. އޭގެ ފަހުން 22:44ގައި އަލުން މަޖިލިސް ވަނީ ފަށާފައެވެ. އެ ވަގުތު ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ރައީސް އިންނެވީ ވަޒީރުން އިންނަވާ ގޮނޑިކޮޅުގައެވެ. އަދި ވޯޓަށް އެހުމަށް ވަނީ ބެލް ޖައްސަވާފައެވެ. ނަމަވެސް އޭގެ ފަސް ވަރަކަށް މިނެޓް ފަހުން މަޖިލިސް ޖަލްސާ ނިންމަވާލެއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *