Ads by
ޚަބަރު
ގާސިމް, ސިޔާމް އަދި ނާޒިމްގެ ދާއިރާ ކޮންގްރެސް ކޯލިޝަނުން ދޫކޮށްލައިފި
ފޮޓޯ:ޕީއެންސީ

ތިން ޕާޓީއެއްގެ ލީޑަރުން ވާދަކުރައްވާ މަޖިލިސް ދާއިރާތަކުގެ ގޮނޑިއަށް ވާދަނުކުރަން ކޮންގްރެސް ޕާޓީން ނިންމައިފިއެވެ.

Ads by Eki Online

ކޮންގްރެސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވީ, ކުރިން ވެސް އެއްބަސްވެވުނީ ގުޅިގެން ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް ކަމަށާއި އެ ގޮނޑިއަށް ވެސް ވާދަކުރައްވާނީ ގުޅިގެން ކަމަށެވެ.

އެއީ އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމް ވާދަކުރައްވާ މާފަންނު މެދު ދާއިރާގެ ގޮނޑިއާއި އެމްޑީއޭގެ ލީޑަރު މުހައްމަދު ސިޔާމް އަހުމަދުގެ މީދޫ ދާއިރާގެ ގޮނޑިއާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ މާމިގިލީ ދާއިރާގެ ގޮނޑިއެވެ.

ހޮނިހިރު ދުވަހު އޮންނަ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކުރެއެވެ.

13 ދާއިރާއަކުން ވަނީ ޕްރައިމަރީއާ ނުލާ ޓިކެޓު ކަށަވަރުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *