Ads by
ޚަބަރު
މާލެއާއި ރަސްމާލެ ގުޅުވާލާނީ ކަނޑުއަޑީގެ ރީތި މަންޒަރު ފެންނަ އަންޑަވޯޓާ ޓަނަލަކުން: ރައީސް ޑރ. މުޢިއްޒު

މާލެއާއި ރަސްމާލެ ގުޅުވާލާނީ ކަނޑު އަޑީގެ ޓަނަލަކުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

Ads by Eki Online

މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އާއި ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވި ތިން ބޭފުޅުން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, މިދިޔަ ސަރުކާރުން ފަށާފައިވާ ގުޅިފަޅު, ގިރާވަޅު ފަޅު އަދި ހުޅުމާލޭ ފޭސް ތިނެއް އެކުގައި އާބާދުކޮށްގެން ވެސް މި ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލު ނާންނާނެ ކަމަށެވެ.

މާލޭ ރައްޔިތުން ބޭނުންވަނީ ބްރިޖުތަކުން ގުޅިފައިވާ ތަންތަނުގައި އާބާދުވާން ކަމަށް އާދަމް އާޒިމް ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ, ރަސްމާލެއާއި މާލެ ގުޅުވާލާނީ ދުނިޔޭގެ ފުރަތަމަ އަންޑަވޯޓާ ޓަނަލުން ކަމަށެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ގާބިލް ކުންފުންޏަކާއެކު ކޮށްފައިވާ ކަމަށާއި މިހާރު ފީސިބިލިޓީ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ, މި ޓަނަލުން ރޭލުގައި ސްމާލެ ދަތުރުކުރާއިރު ކަނޑުއަޑީގެ ހިތްގައިމު ރީތި މަންޒަރުތައް ވެސް ފެންނާނެ ކަމަށާއި މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއަކަށް ވެގެންދާނެ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ޖާނޭ1 މަސް ކުރިން

ހޮޅިމުއީޒު ހިއްކާ ބިސްމާލޭގައި ޓަނަލް އަޅައިދެނީ ހަމާސް ޖަމާއަތުން ހުވަދޫބުރިޖު އަޅައިދެނީ ސަލަފުޖަމާއަތުން ވަރަށް ވަރަށްސާފް އިނގޭތޯ

0
0
ެއަހްމަދް ރަސީދު1 މަސް ކުރިން

ބުއްދި ސަލާމަތުން ނެތް!

0
0