Ads by
ޚަބަރު
ރޯދައަށް ފަހު 4 ބުރީގެ ޒަމާނީ މާރުކޭޓް އަޅަން ފަށަނީ

މިހާރު މާލޭގައި ހިންގަމުންދާ މަސް މާރުކޭޓް ތަޅާލުމަށްފަހު، މިހާރު ލޯކަލް މާރުކޭޓް ހިންގާ ތަނުގައި 4 ބުރީގެ ޒަމާނީ މާރުކޭޓެއް އަޅަން މިހާރު ތައްޔާރުވެފައިވާ ކަމަށާއި، އެ މަސައްކަތް ރޯދަ މަސް ނިމޭތަނުން ފެށިގެން ދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

Ads by Eki Online

މާލޭ މޭޔަރާއި ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ކުރަންއުޅެ، ނުކުރެވުނު ކަންތައްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރޭގައި މަސް މާރުކޭޓް އެޅުން ހިމެނޭ ކަމަށެވެ.

ހަމަ ފުރުސަތު ނުދެއްވި. ނުދިނީމާ އެކަންވެސް ނުވީ. އެ ފުރުސަތު ނުދެއްވި ބޭފުޅުން، ކަން ދިމާކުރިގޮތުން، މިތާވެސް އެބަ ތިއްބެވި. އެ ފުރުސަތު ނުލިބުނީމާ ނުވި ކަންތައް މިހާރު އެވަނީ ފަށަން ރެޑީވެފައި، ތައްޔާރުވެފައި.

– ރައީސް ޑރ. މުޢިއްޒު

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރޯދަމަސް ހަމަ ނިމޭތަނުން، ލޯކަލް މާރުކޭޓް އެހުރި ތަނުގައި އަމަލީގޮތުން އެ އިމާރާތް އަޅަން ފެށޭނެ ކަމަށެވެ.

އަޅުގަނޑު ޔަގީންކުރަނީ، ކައުންސިލުން މިކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް.

– ރައީސް ޑރ. މުޢިއްޒު

ރައީސް ވިދާޅުވީ މިއިމާރާތް އެޅިގެންދަނީ 4 ބުރިއަށް ހަދާ އެންމެ ޒަމާނީ އިމާރާތެއް ގޮތަށެވެ.

މި އިމާރާތުގައި ހުންނާނީ

  • ބިމުއަޑީގައި ޕާކިން
  • ގްރައުންޓް ފްލޯގައި މަސްމާރުކޭޓު
  • ފުރަތަމަ އަދި ދެވަނަ ފްލޯގައި ލޯކަލް މާރުކޭޓުގައި ވިއްކާ ތެކެތި
  • މަތީގައި އެކިކަހަލަ ވިޔަފާރި ތަކާއި ރެސްޓޯރެންޓުތައް
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *