Ads by
ޚަބަރު
މަވޯޓާ ޝަރީފް ވިދާޅުވީ އިލްޔާސްއާއި އެކު، ޑިމޮކްރެޓްސްއަށް ހޯދޭނެ ވެރިކަމެއް ނެތް ކަމަށް

އިލްޔާސް ލަބީބާ އެކީ ދަ ޑިމޮކްރެޓްސް އަށް ހޯދޭނެ ވެރިކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.

Ads by Eki Online

މަވޯޓާ މިހެން ވިދާޅުވީ، ރައީސް ނަޝީދާ އެކު އައްޑު އަށް ވަޑައިގެން، އައްޑޫގެ އެކި އަވަށްތަކުގައި އޭނާ ކެމްޕެއިން ކުރެއްވުމާއި ގުޅިގެން، ކުރެއްވި ޓްވީޓެއްގައެވެ.

މަވޯޓާ ވިދާޅުވީ އިލްޔާސް އަކީ ސީރިޔަސް ކެނޑިޑޭޓެއް ނޫންކަން އައްޑޫ ރައްޔިތުން ވިސްނަންޖެހޭ ކަމަށާއި، އޭނާ އަކީ ސިޔާސީ ގޮތުން ނަޝީދު އަނެއްކާ ވެސް ޤުރުބާން ކުރައްވާ ކަންބަޅިއެއް ކަމަށެވެ. އަދި އިންތިހާބުން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތް ނަމަ އިންތިހާބުގައި ކުރިމަތިލައްވާނީ ރައީސް ނަޝީދު ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިލްޔާސަށް ޑިމޮކްރެޓްސްގެ ރީޔާސީ ޓިކެޓް ލިބިވަޑައިގަތީ ޕްރައިމަރީ އަށް ހުޅުވައިމުން އިތުރު މީހަކު ކުރިމަތިލާފައި ނުވާތީއެވެ. ރައީސް ނަޝީދު ތަކުރާރުކޮށް މިހާރު ވިދާޅުވަމުން ގެންދަވަނީ އިންތިހާބު ކާމިޔާބު ކުރައްވާނީ އިލްޔާސް ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *