Ads by
ޚަބަރު
މާލެ ސިޓީ މޭޔަރުކަމުގެ ހުވާ އާޒިމް ކުރައްވައިފި

މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އާއި ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވި ތިން ބޭފުޅުން މަގާމުގެ ހުވާ ކުރައްވައިފިއެވެ.

Ads by Eki Online

މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުންނެވެ.

މާލޭގެ އާ މޭޔަރު ކަމަށް އާޒިމް ހުވާ ކުރެއްވީ ރޭ ދަރުބާރުގޭގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި އާޒިމްގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމްގެ އަދި އެމްޑީޕީ ޓިކެޓުގައި އިންތިހާބުވި އަހުމަދު ރިޝްވާން ވެސް ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ނަތީޖާ ދައްކާ ގޮތުގައި މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވި، އާޒިމަށް މި ބައި އިލެކްޝަންގައި 7،621 ވޯޓު ލިބިވަޑައިގެންނެވިއެވެ. އާޒިމްއާއި ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 5،031 ވޯޓެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ވ5 މަސް ކުރިން

ވަޒީރުންނަށް ރުހުން ދިނުމަށްފަހު މޭޔަރުކަމުގެ ހުވާކުރުންބޭވިނަމަ

0
0