Ads by
ޚަބަރު
މުއްދަތު ހަމަވިއިރު ވޯޓާސް ލިސްޓަށް 746 ޝަކުވާ
ފޮޓޯ: އީސީ

ކުރިއަށް އޮތް މާރިޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 746 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

Ads by Eki Online

އަންނަ ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި ބާއްވާ މަޖިލިސް އިންތިހާބަށް އީސީން މިހާރު ތައްޔާރުވަމުން އަންނައިރު، އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. އެ ފުރުސަތު މި މަހު 31 ހުން އަންނަމަހު 14 އާއި ހަމައަށްވަނީ ހުޅުވާލާފައެވެ.

ހުށައަޅާފައިވާ ހުރިހާ ޝަކުވާތަކުގެ ތެރެއިން އެންމެ ގިނައީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އެޑްރެސް ބަދަލުވެގެން ހުށައަޅާފައިވާ ޝަކުވާ އެވެ. އެގޮތުން:

  • އައިޑީކާޑުގެ މައުލޫމާތު ބަދަލުވެގެން 1 ޝަކުވާ
  • ވޯޓާސް ލިސްޓުގައި ނަން ނެތިގެން 5 ޝަކުވާ
  • ވޯޓުލާ ދާއިރާ ބަދަލުވެގެން 40 ޝަކުވާ
  • މަރުވެފައި ތިބި މީހުންގެ ނަން ލިސްޓުގައި އޮވެގެން 225 ޝަކުވާ
  • އެޑްރެސް ބަދަލުވެގެން 450 ޝަކުވާ

މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. އަދި ޝަކުވާ ހުށައެޅުމުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މުއްދަތު ހަމަވިއިރު ވޯޓާސް ލިސްޓަށް 746 ޝަކުވާ ވަނީ ހުށައަޅާފައެވެ. އިއްޔެ އެކަނިވެސް 330 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *