Ads by
ޚަބަރު
މައްސަލަ ހޫނުވެ ޕީއެންސީ ޕްރައިމަރީގައި ކުރިމަތިލި އެންމެނަށް ފުރުސަތު ދޭން ނިންމައިފި

ވެރިކަން ކުރާ މައި ދެ ޕާޓީ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ބައެއް ކެންޑިޑޭޓުންނަށް ނުދިނުމަށް ޕާޓީގެ ލީޑާޝިޕުން ނިންމުމާއި އެކު މައްސަލަ ހޫނުވެ ޕްރައިމަރީން ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ދިނުމަށް ނިންމައިފިއެވެ.

Ads by Eki Online

ޕާޓީ ތެރޭގައި ފިތުނު އުފެއްދި ކަމަށް ތުހުމަތުކޮށް އަދި އެކަށީގެންވާ ހިދުމަތެއްކޮށްދީފައިނުވާ ކަމަށް ބުނެ ބައެއް މެންބަރުންނަށް ވާދަ ނުކުރެވޭނެކަން އިއްޔެ ވަނީ ސިޓީއަކުން އަންގައިފައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެ ޕާޓީގެ ލީޑާޝިޕަށް ވަނީ އަމާޒުވިއެވެ. މި ސިޓީގައި ސޮއިކޮށްފައިވަނީ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ.

މިކަމާއި ގުޅިގެން އަބްދުއްރަހީމް ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ހުށައެޅުނު ޝަކުވާތައް ރިޔާއަތް ކުރުމަށްފަހު ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭ ގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފައިވާކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭ ގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭ ގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފި

– ޕީއެންސީގެ ޗެއާރޕާސަން އަބްދުއްރަހީމް އަބްދުالله

މާޗް 17 ގައި ބާއްވާ 20 ވަނަ މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ހޮވުމަށް ވެރިކަން ހިންގާ ކޯލިޝަނުން ބާއްވާ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *