Ads by
ޚަބަރު
ކުޅުދުއްފުށި ސީޓީގެ އިތުރު މަގުތަކުގައި ތާރުއަޅަން ފަށައިިފި

ހދ.ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އިތުރު ސަރަޙައްދުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.

Ads by Eki Online

މިކަމާ ގުޅޭގޮތުން އާރުޑީސީން ވިދާޅުވީ، މަގުހެދުމުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް ފަށައިގެން ކުރިއަށްދާކަމަށެވެ.

އެގޮތުން އޭބީސީ ލޭޔަރ އަޅާފައިވާ އިތުރު 10 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

މިޕްރޮޖެކްޓްގައި ކުޅުދުއްފުށީގެ 24 މަގެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރާއިރު، ތާރު އެޅުމުގެ މަސައްކަތް ބައެއް މަގުތަކުގައި ކުރިއަށް ގެންދާއިރު، އަނެއްބައި މަގުތަކުގައި މިހާރު ކުރަމުންދަނީ ޕޭމަންޓް ހެދުމާއި، ސަބްގްރޭޑްކުރުން އަދި ލައިޓްޖެހުންފަދަ މަސައްކަތްކަތްކެވެ. މިހާތަނަށް މުޅި މަޝްރޫޢުގެ 45.5 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އާރުޑީސީން ވިދާޅުވެއެވެ.

ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މި ޕްރޮޖެކްޓްގައި، ރަށުގައި ވިއްސާރަ ދުވަސްވަރު ފެން ބޮޑުވާ މައްސަލައަށް ޙައްލު ހޯދުމަށް ޒަމާނީ ފެން ހިންދާ ނިޒާމެއްވެސް ދަނީ ޤާއިމްކުރަމުންނެވެ. އަދި އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ ފަސޭހައިން ފެން ލިބޭނެގޮތަށް، މަގުގައި ފަޔަރ ހައިޑްރަންޓް ނެޓްވޯކް އެޅުންވެސް މި ޕްރޮޖެކްޓްގައި ހިމެނެއެވެ.

މިޕްރޮޖެކްޓަކީ ސަރުކާރުން 100މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 7.12 ކިލޯމީޓަރުގައި ތާރު އަޅާނެއެވެ. ކުޅުދުއްފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއި ހަވާލުކޮށްގެން ފެށީ 2022 ވަނަ އަހަރުގެ މެދުތެރޭގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *