Ads by
ޚަބަރު
ތަރައްޤީވަމުން އަންނަ ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތައް ހަރުދަނާކުރުމަށް މަގު ފަހިކޮށްދޭންޖެހޭ: ނައިބު ރައީސް

ތަރައްޤީވަމުން އަންނަ ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތައް ހަރުދަނާކޮށް، ފާގަތި މުސްތަޤްބަލަކަށް މަގު ފަހިކޮށްދޭންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވެއްޖެއެވެ.

Ads by Eki Online

އެމަނިކުފާނު މިހެން ވިދާޅުވީ ނޮން އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ރާއްޖެއިން ބަޔާނެއް ދެއްވަމުންނެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ޖިއޮލޮޖިކަލް ބޯޑަރުތަކަށް އެކަނި ކުރިމަތިވާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ، އެ ޤައުމުތަކުގެ ވަސީލަތްތައް މަދުވުމުގެ ސަބަބުންކަން ފާހަގަކުރެއްވިއެވެ.

އަދި ނާމްގެ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށާއި، އަލަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އަބަދުވެސް ބައިނަލްއަޤްވާމީ އެއްބާރުލުން ގަބޫލުކުރާ ޤައުމެއްކަމަށާއި، ތަފާތުކަމުގެ ތެރޭގައި އެއްބައިވަންތަކަމަކީ އަބަދުވެސް ރާއްޖޭގެ އެންމެ ބޮޑު ބާރެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *