Ads by
ޚަބަރު
ތައިލެންޑަށާއި ޔޫއޭއީއަށް ބޭސްފަރުވާއަށް ދެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި

ތައިލެންޑާއި ޔޫއޭއީ އިން ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އާސަންދަ ކުންފުނިން މިއަދު ވިދުވެއްޖެއެވެ.

Ads by Eki Online

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ތައިލެންޑާއި ޔޫއޭއީ އަށް އާސަންދަ ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި އެކަން އިއުލާން ކުރައްވާފައިވާތީ، ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުން ހުރި އެހެން އިދާރާތަކާ އެކު ކުރަމުން އަންނަ ކަމަށެވެ.

އަދި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އިންޑިއާ އާއި ސްރީލަންކާ ނޫން އެހެން ޤައުމުތަކަށް ބަލިމީހުން ފޮނުވަން އާސަންދަ ކުންފުނިން ދެކޮޅު ކަމަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުން ދިޔަ ނަމަވެސް އެހީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެެވެ.

އެ ގޮތަށް ވާހަކަ ދެއްކެވެނީ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ދެއްކެވި ވާހަކައިގެ މަފުހޫމު އޮޅޭ ގޮތަށް ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *