Ads by
ޚަބަރު
މާލޭ ސިޓީގެ އައު މޭޔަރު އާޒިމް ހުވާކުރުން އަންނަ ހޯމަ ދުވަހު
ފޮޓޯ: އެމްޑީޕީ

މާލެ ސިޓިގެ މޭޔަރު ކަމަށް އަލަށް އިންތިޚާބުވެވަޑައިގެންފައިވާ އާދަމް އާޒިމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމަވައިފިއެވެ.

Ads by Eki Online

އިއްޔަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މާލެ ސިޓީ މޭޔަރު އަދި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި 3 މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 22 ވާ ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ކަމަށެވެ.

މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މާލެ ސިޓީ މޭޔަރު ހޮވުމަށް ބޭއްވި ބައި- އިލެކްޝަން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްއެވެ.

އާޒިމް އިންތިޚާބު ކާމިޔާބު ކުރެއްވީ 45 އިންސައްތަ ވޯޓުންނެވެ. އާޒިމްއާ އެންމެ ކައިރިން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝުކޫރަށް ލިބިވަޑައިގެންނެވީ 29 އިންސައްތަ ވޯޓެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އަހުމަދު1 މަސް ކުރިން

އާޒިމަކީ ހިންގުންތެރި ބޭފުޅެއް. ޕާޓީގެ މަސްލަހަތައްވުރެން މާލޭ ރައްޔަތުންގެ މަސްލަހަތު އިސްކުރެއްވުމަށް ދަންނަވަން. ފުށިދިއްގަރުފަޅު ކަހަލަ ޚިޔާލު ތަފާތުވާ ކަންކަމުގައި ސަރުކާރާއި ދެކޮޅު ހެދުމުގެ ބަދަލުގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުން ކީއްތޯ.

0
0