Ads by
ޚަބަރު
ދިވެހި ސިފައިންނަށް ޒަމާނީ އުޅަނދުތައް ހޯދައިދެނީ

ސިފައިންނަށް ޒަމާނީ ޕްލެޓްފޯމްތަކާއި ވަޞީލަތްތައް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by Eki Online

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅެވީ ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާކުރުމަށް ބޭނުންވާ, އެއްގަމާއި ކަނޑާއި ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަސީލަތްތައް ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ހޯދައިދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އަދި ސިފައިންގެ ޚިދުމަތުގެ މައިގަނޑު މަގުސަސަކީ ރާއްޖޭގެ ޖުމްހޫރިއްޔާއާއި، ސަރަހައްދާއި، ޚާއްޞަ އިގުތިސާދީ ސަރަހައްދާއި ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތް ކުރުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި ސިފައިންގެ ގާނޫނުގައި، ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ދައުލަތް ދިފާއުކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި މަސްހަލަތު ހިމާޔަތްކުރުމުގެ ޒިންމާ ވެސް ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ދައުލަތުން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ރާއްޖެއިން އަދާކުރަން ޖެހޭ ޒިންމާތަކެއް ހިމަނާފައިވާއިރު ދިވެހި މަސްކަނޑުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި ރާއްޖޭގެ ސަރަހައްދުގައި ހިނގާފާނެ ޓްރެފިކިން އާއި މެރިޓައިމް ޓެރަރިޒަމް ފަދަ ކުށްތައް ހުއްޓުވުމަކީ ވެސް ސިފައިންގެ ޒިންމާއެއް ކަމަށް ބަޔާނުގައިވެއެވެ.

އަދި ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ އެކްސިޑެންޓުތަކާއި އެހެނިހެން ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށް ހިންގަންޖެހޭ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމުގައި އިސްވެ ހަރަކާތްތެރިވާން ޖެހޭ ފަރާތަކީ ގައުމީ ދިފާއި ބާރުކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެންމެ އިސް ދަޢުރެއް އޮތީ ޤައުމީ ދިފާޢީ ބަރަށްކަމަށްވުމާއެކު، ބަދަލުވަމުންދާ ސަލާމަތީ މަޝްރަޙުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ޤާބިލުކަން ހުރި އަސްކަރިއްޔާއަކަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ސިފައިންނަށް ޒަމާނީ ވަސީލާތްތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދިވެހި ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ކުރަން ޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *