Ads by
ޚަބަރު
ސީރިއާގައި ހާލުގައި ޖެހިފައިތިބި ދިވެހި 5 އާއިލާއެއްގެ 21 މީހަކު ރާއްޖެ ގެނެސްފި
ފޮޓޯ: އަވަސް

ސީރިޔާގައި ކުރިޔަށްދާ ދާޚިލީ ހަނގުރާމައިގެ ސަރަހައްދުން ހާލުގައި ޖެހިފައި ތިބި ދިވެހި 5 އާއިލާއެއްގެ 21 ދިވެއްސަކު ރާއްޖެ ގެނެސްފިއެވެ.

Ads by Eki Online

މިއަދު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ ސީރިއާއަށް ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން 5 އާއިލާއެއް އެނބުރި އަންނަން ބޭނުންވުމުން، އެ 21 މީހުން މިއަދު ހެނދުނު މާލެ ގެނެސްފައިވާ ކަމަށެވެ.

އެ މީހުން ރާއްޖެ ގެނެސްފައިވަނީ ޑީއެންއޭ ހެދުމަށް ފަހު ކަމަށާއި ފުލުހުން އެ ފަރާތްތަކުގެ އާއިލާތަކުގެ ހާލު ބަލައި، މަޢުލޫމާތު ނަގާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 21 މީހެއް، ފަސް އާއިލާއަކަށް ނިސްބަތްވާ. އޭގެ ތެރޭގައި 15 ކުޑަކުދިންނާއި ހަ ބޮޑެތި މީހުން ހިމެނޭ. އެ ހަ މީހުންގެ ތެރޭގައި ފަސް މީހުންނަކީ އަންހެނުން. ދެން ފިރިހެނެއް. 18 އަހަރު ނުފުރޭ ހުރިހާ ކުދިން ވެސް ނިސްބަތްވަނީ މި ފަސް އަންހެނުންނަށް. މީގެތެރެއިން ޑީއެންއޭގެ ޒަރިއްޔާ އިން ކަށަވަރު ކުރެވުނީ އެ ކުދިންގެ މަންމައިންނަކީ ފަސް މީހުން ކަން.

– މިނިސްޓަރ އިޙްސާން

އެ މީހުން މިހާރު ތިބީ ހިންމަފުށީގައި ގާއިމްކުރެވިފައިވާ ނޭޝަނަލް ރީއިންޓެގްރިޝަން ސެންޓަރުގައި ކަމަށާއި އެ ރަށަށް ގެންގޮސްފައިވަމީ މެޑިކަލް އެގްޒެމިނޭޝަން ހެދުމަށް ފަހު ކަމަށް އިޙްސާން ވިދާޅުވިއެވެ.

އެ މީހުން ރާއްޖެ ގެނައީ ތުރުކީ- ސީރިއާ ބޯޑަރުގައި ހާލުގައި ޖެހިފައިވާ ކަމުގެ ރިޕޯޓް ސަރުކާރަށް ލިބިގެން ކަމަށާއި 2022ގެ ޖޫން މަހުން ފެށިގެން ސަރުކާރުން ދިޔައީ އެ މީހުން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށް އިހުސާން ވިދާޅުވިއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އާދަނުބެ5 މަސް ކުރިން

އަބަދުވެސް ހުރިހާސަރުކާރަކުންވެސް ސީރިޔާއަށް ނުދާން ގޮވަގޮވާ އޮއްވަ ދިޔައީމަ އަނެއްކާ އަހަރެމެން ދަައްކާފަހުރި ޓެކްސް ފައިސާއިން އެވަރުގެ ބޮޑުހޭދައެއްކުރުންމީ ތާކުންތާޖުޖެހޭކަމެއްބާއޭ ހިތަށްއަރާ

0
0