Ads by
ޚަބަރު
އެޗްޑީސީ އިން “އާބަންކޯ” ނަން ބޭނުންކުރުން ހުއްޓާލަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބްރޭންޑެއްގެ ގޮތުގައި މިދިޔަ ސަރުކާރުން ތަޢާރަފްކުރި “އާބަންކޯ” ބްރޭންޑިންގެ ބަދަލުގައި އަލުން ކުރިީގެ ނަން “އެޗްޑީސީ” ބޭނުންކުރަން ނިންމައިފިއެވެ.

Ads by Eki Online

“އާބަންކޯ”ގެ ބްރޭންޑިންގެ ބަދަލުގައި އަލުން އެޗްޑީސީގެ ނަން ބޭނުންކުރަން ނިންމައި އެ މަސައްކަތް މިހާރު ފަށާފައިވާއިރު އަންނަ ބުރާސްފަތި ދުވަހު ރަސްމީކޮށް އެޗްޑީސީގެ ނަން ބޭނުން ކުރަން ފަށާނެއެވެ.

“އާބަންކޯ” ގެ ބްރޭޑިން އިއުލާންކުރީ 1 އޭޕްރީލް 2023 ގައި އެ ކުންފުންޏަށް 22 އަހަރު ފުރުމުގެ މުނާސަބާ އާއި ގުޅުވައިގެނެވެ. ރިބްރޭންޑްކުރަން ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހޭދަކުރިއެވެ. ކުންފުނި ރީބްރޭންޑްކުރީ ކުންފުނީގެ އެސެޓްތަކުގެ ތެރެއަށް ގުޅިފަޅާއި ތިލަފުށި ހިމެނުމުން ކުންފުނީގެ މަސައްކަތް ހައުސިންއަށް ވުރެ ފުޅާވުމުންނެވެ.

ކުންފުނީގެ ބްރޭންޑް “އަރބަންކޯ” ލޯންޗް ކޮށްފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ޙިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ވިލަރެސްކޮށް، ރާއްޖޭގެ އެންމެ ބޮޑު އާރބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަޤަބު ހޯދައި މަސައްކަތްތައް ބަށްޓަން ކުރުމަށް ކަމަށް އެކުންފުނިން މީގެ ކުރިން ވަނީ ބުނެފައެވެ.

ކުންފުނީގެ ނަން ހުޅުމާލޭ ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ ނަމުން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމަށް ބަދަލު ކުރީ 19 މާރިޗް 2009 ގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *