Ads by
ޚަބަރު
ވީއައިއޭގެ އާ ކާގޯ ޓާމިނަލް ހުޅުވައިފި

އަހަރަކު 120،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭ ގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ތަރައްގީކުރި ކާގޯ ޓާމިނަލް މިއަދު ހުޅުވައިފިއެވެ.

Ads by Eki Online

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވީއައިއޭގެ އައު ކާގޯ ޓަރމިނަލް ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވީއައިއޭ އާ ކާގޯ ޓާރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ މި ތަނާއި ގުޅޭގޮތުން ޚާއްސަ ރިޕޯޓެއްވެސް ހުށަހަޅާފައެވެ. އެ ރިޕޯޓުގައިވާ ގޮތުން ވީއައިއޭގެ ކާގޯ ތްރޫޕޮޓަކީ ގާތްގަނޑަކަށް 50 ހާސްޓަނެވެ. އެހެން ނަމަވެސް އޯވާ ކެޕޭސިޓީގައި 75 ހާސް ޓަނާއި ހަމައަށް މުވައްޒަފުން މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާ ކާގޯ ޓާމިނަލް ހުޅުވުމުން އަހަރަކު އެއްލައްކަ ވިހިހާސް ޓަނާއި ހަމައަށް ކާގޯ ހޭންޑްލް ކުރެވޭނެ ކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ. ކާގޯ އާ ޓާރމިނަލަކީ ޒަމާނީ ފެންވަރަކަށް ޚިދުމަތްދެވޭ ގޮތަށް ފަރުމާކޮށް، ވަސީލަތްތައް ގާއިމްކޮށްފައިވާ ތަނެކެވެ.

އާ ކާގޯ ޓާމިނަލްއާއެކު ޖުމްލަ 500 މުވައްޒަފުން ކާގޯ ޓާމިނަލްގެ މަސައްކަތަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މިހާރު ވީއައިއޭގެ ކާގޯ ޓާމިނަލްގައި އަހަރަކު 50،000 ޓަނުގެ މުދާ ހޭންޑްލް ކުރެއެވެ. ނަމަވެސް އާ ކާގޯ ޓާމިނަލް އާއެކު މިއަދަދު 120،000 ޓަނަށް އިތުރު ވާނެކަމަށް އެމްއޭސީއެލްއިން ލަފާކުރެއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *