Ads by
ޚަބަރު
އެމްޑީޕީގެ ޓިކެޓް އިތުރު 10 ބޭފުޅަކަށް ކަށަވަރުވެއްޖެ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 10 ކެންޑިޑޭޓަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުވެއްޖެއެވެ.

Ads by Eki Online

މީގެ ކުރިން 36 މީހަކަށް ވަނީ ޕްރައިމަރީއަކާ ނުލާ ޓިކެޓު ކަށަވަރުވެފައެވެ. އެހެންކަމުން ޕްރައިމަރީއަކާ ނުލާ ޖުމުލަ 46 މީހަކަށް އެ ޕާޓީގެ ޓިކެޓު ކަށަވަރުވީއެވެ.

ޓިކެޓް ކަށަވަރުވި ކެންޑިޑޭޓުންގެ ތެރޭގައި މިހާރު ވެސް މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވަމުން ގެންދަވާ ބައެއް މެމްބަރުން ހިމެނެއެވެ.

ޕްރައިމަރީއަކާއި ނުލާ ޕާޓީ ޓިކެޓް ކަށަވަރުވެފައިވާ 10 ފަރާތްތައް:

  • އަމީން ފައިސަލް – ކަނޑިތީމު ދާއިރާ
  • ސަލީމް ހުސައިން – އިނގުރައިދޫ ދާއިރާ
  • އަލީ ނިޔާޒް – ކުރެންދޫ ދާއިރާ
  • ޝާތިރު އަބްދުއްރަހްމާން – ހުރާ ދާއިރާ
  • ރުގިއްޔާ މުހައްމަދު – ދަނގެތި ދާއިރާ
  • މޫސާ ޝިޔާމް އަބްދުﷲ އަލީ – މުލަކު ދާއިރާ
  • އަބްދުﷲ ޝަރީފް – ގަމު ދާއިރާ
  • އަހްމަދު ސައީދު – ގެމަނަފުށީ ދާއިރާ
  • އަހްމަދު ސައީދު މުހައްމަދު – ގައްދޫ ދާއިރާ
  • އިބްރާހިމް މުއިއްޒު – ހެންވޭރު އުތުރު ދާއިރާ

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ވެސް އެ ޕާޓީން މިއަދު ވަނީ ހުޅުވާލައިފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާރިޗް 17 ވާ އާދިއްތަ ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *