Ads by
ޚަބަރު
ރިހެބިލިޓޭޝަން ސެންޓަރުތައް އުފައްދައި ހިންގާނެ ފަރާތްތައް ހޯދަނީ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް ފުރުސަތު ހުޅުވައިލައިފިއެވެ.

Ads by Eki Online

އެންޑީއޭއިން ބުނީ މިކަމާ ގުޅޭ މައުލޫމާތު ދިނުން މި މަހުގެ 17 ވަނަ ދުވަހުގެ 10:00 ގައި އެ އިދާރާގައި އޮންނާނެކަމަށާއި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 22 ވަނަ ދުވަހުގެ 10:00 ގައިކަމަށެވެ.

އަދި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ބުނާ “ނޭޝަނަލް ޑްރަގް އެޖެންސީގެ މަސްއޫލިއްޔަތު” ގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނޭ ކަމަށް އެންޑީއޭއިން ބުންޏެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފޯމު އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 1 ޖެހުމުގެ ނިޔަލަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *