Ads by
ޚަބަރު
ވިއްސާރައިގައި ގެއްލުންވި ގެތަކަށް އެހީގެ ގޮތުގައި 7 ލައްކަ ރުފިޔާ

މިދިޔަ ހުކުރު ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެގެން ގެއްލުން ލިބުނު ގެތަކަށް އެހީގެ ގޮތުގައި 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

Ads by Eki Online

އެންޑީއެމްއޭއިން ބުނީ ހުކުރު ދުވަހު ވިއްސާރަވެ ފެންބޮޑުވުމާއި ގުޅިގެން އެންޑީއެމްއޭއަށާއި ސިފައިންނާއި ރެޑްކްރެސެންޓުގެ ހޮޓްލައިންތަކަށް 494 ކޯލް ލިބުނު ކަމަށާއި އަދި ފެން ވަދެގެން 227 ތަނަކަށް އެކިވަރުގެ ގެއްލުން ލިބުނުކަމަށް ރިކޯޑްކުރެވިފައިވާކަމަށެވެ.

އޭގެ ތެރެއިން 193 ތަނަކަށް އިޖާބަދެވުނު ކަމަށާއި ފެންވަންނަ މިންވަރު ކުޑަކުރުމަށް 152 ދެތަނެއްގައި 1018 ވެލިބަސްތާ ޖެހި ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ވަގުތުން އެހީތެރިކަން ބޭނުންވާ 43 ގޭބީސީއެެއްގެ ރެޕިޑް އެސެސްމެންޓް ދިވެހި ރެޑްކްރެސެންތްގެ އެހިގައި ހަދާފައިވާ ކަމަށާއި 18 ގޭބީސީއެއްގެ 110 މީހުންނަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވެހިކަމާއި ކެއުން ބުއިން ހަމަޖައްސާދީފައިވާކަމަށްވެސް އެ ސެންޓަރުން މައުލޫމާތުދެއެވެ.

އެންޑީއެމްއޭއިން އިތުރަށް ހާމަކޮށްފައިވާގޮތުގައި ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން ގޭބީސީތަކުގައި ހިފާ ގެންގުޅޭ ތަކެއްޗަށާއި ލިބުނު ސްޓަކްޗަރަލް ގެއްލުންތަކުގެ އަގު 1,111,842.50 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މިހާތަނަށް އެސެސްމަންޓް ހަދާފައިވާ ގެތަކަށް އިންސާނީ އެހީގެ ގޮތުގައި 711،541.70 ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *