Ads by
ޚަބަރު
މާރިޗް 15 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން އެދިއްޖެ
ފޮޓޯ: ރައީސް އޮފީސް

މާރިޗް މަހުގެ 15ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލަން ސަރުކާރުން ރަސްމީކޮށް އިންޑިއާއަށް އަންގައިފިއެވެ.

Ads by Eki Online

މިކަން ހާމަކޮށްފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތައް ހާމަކުރަން ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމެވެ.

ނާޒިމް ވިދާޅުވީ މާރިޗް 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން މިހާރު ކުރިޔަށްދާ އިންޑިއާއި ރާއްޖޭގެ ހައި ލެވެލް ޓާސްކް ފޯސްގައި އެދިލައްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާޗް 15، ގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ބާލައި ނިންމުމަށް ވަނީ ހުށަހަޅުއްވައިފަ.

– ނާޒިމް

އިންޑިއާ އަދި ރާއްޖޭގެ އިސް އޮފިޝަލުން ހިމެނޭހެން އިންޑިއާ ސިފައިންގެ މައްސަލައިގައި ފޮރިން މިނިސްޓްރީގައި މިހާރު ވެސް ބައްދަލުވުމެއް ކުރިޔަށް އެބަދެއެވެ.

ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ހާމަ ކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *