Ads by
ޚަބަރު
ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގެޔަކަށް ހިލޭ ހަނޑޫ އަދި ފުށް ބަސްތާއެއް

ކުރިއަށް އޮތް ރަމަޟާން މަހު ސަރުކާރުގެ ޚަރަދުގައި ކޮންމެ ގެއަކަށް ހަނޑޫ ބަސްތާއަކާއި ފުށްބަސްތާ އެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަތަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖެއަށް މިހާރު ކާޑުގެ ބާވަތްތައް ގެންނަނީ އަވަށްޓެރި އިންޑިއާއިންނެވެ. ރާއްޖެއާއި އިންޑިއާއާއި ދެމެދު ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ މިދަނޑިވަޅުގައި ރައީސް ވިދާޅުވީ, ހަޑުލާއި ހަކުރާއި ފުއް ހޯދުމަށް ތުރުކީއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ އަސާސީ ކާބޯތަކެތި ހޯދުމަށް އެންމެ ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

ހަމައެކަނި އެ ގައުމުން ރާއްޖެ އަށް އަހަރު ދުވަހަށް ބޭނުންވާ ވަރަށްވުރެ 10 އިންސައްތަ އިތުރަށް ހަޑުލާއި ހަކުރާއި ފުށް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އޮތުތަށް ވިދާޅުވެގައި ވަނީ ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ސަރުކާރުން ހަދިޔާ ކުރަން ނިންމާފައިވާ ހާމަކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އިއްބެ1 މަސް ކުރިން

އެއީކިތައްކިލޯގެބަސްތާއެއްތަ

0
0