Ads by
ޚަބަރު
ޗައިނާއިން ރާއްޖެއަށް 920 މިލިޔަން ޔުއާން ހިލޭއެހީގެ ގޮތުގައި ދެނީ

ޗައިނާއިން ރާއްޖެއަށް 920 މިލިޔަން ޔުއާން (ގާތްގަޑަކަށް ދެ ބިލިޔަން ރުފިޔާ)ގެ ހިލޭއެހީ ދިނުމަށް ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު އިއްޔަ މާލެ ވަޑައިގެން އެއަރޕޯޓްގައި ހުންނަވައި މީޑިޔާއަށް މަޢުލޫމާތު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ މި ހިލޭ އެހީގެ އެންމެ ބޮޑުބައެއް ޚަރަދުކުރަން ހަމަޖެހިފައިވަނީ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަށް ކަމަށެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު އެއްބަސްވުންތައް ޤާއިމުކުރެވުނު ކަންކަމުގެ ތަފްޞީލުތައް ދެއްވަމުން ރައީސް ވިދާޅުވީ ރަސްމާލޭގައި 30،000 ސޯޝަލް ހައުސިންގ ޔުނިޓް ޤާއިމުކުރުމުގެ އެއްބަސްވުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ދާދިފަހުން އިޢުލާންކުރި ޕްލޭނާ އެއްގޮތަށް ތަރައްޤީކުރުމުގެ އެއްބަސްވުމާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކޮމަރޝަލް ޑިސްޓްރިކްޓްގައި 7 ކޮމަރޝަލް ބިލްޑިންގ ހިމެނޭ ކޮމަރޝަލް ސްޕައިން ސަރަހައްދު ތަރައްޤީކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ވީ އެއްބަސްވުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ ޗައިނާއަށް ދައްކަންޖެހޭ އެކިއެކި ލޯނުތައް ދެއްކުމުގައި މިހާރު އޮތް ތާވަލަށް ލުއިތަކެއް ހޯދައިދިނުމަށް ދެޤައުމުގެ އެންމެ މަތީ ފަންތީގައި މަޝްވަރާކުރެވި އެކަމަށް ލުއި ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިމަހުގެ 7 އިން 13އަށް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ޢަލީ1 މަސް ކުރިން

ބަލަ ރާއްޖޭގެ ގިނަ ރަށްރަށުގެ މަގުތަކުގެ މިއަދުގެ ޙާލަތަކީ މީގެ 50 އަހަރު ކުރިން މާލޭގެ މަގުތަކުގެ ޙާލަތު އޮތް ވަރަށްވެރެ ދަށް ޙާލަތެއް.. *** މިބުނާ އެއްޗަކަށް ވިސްނާލައްޗޭ.

0
0