Ads by
ޚަބަރު
ތައިލެންޑާއި ޔޫއޭއީން އާސަންދަ ހިދުމަތް ލިބޭގޮތް ހަމަޖައްސަނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ތައިލެންޑް ފަދަ ކުރިއަރާފައިވާ ޤައުމުތަކުން، އެތަންތަނުގައި އެކޮމޮޑޭޝަންވެސް ލިބޭގޮތަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހެލްތް ފެސިލިޓީތައް ރަނގަޅުވަންދެން ދިވެހިން ރާއްޖެއިން ބޭރުން ޚިދުމަތް ހޯދަން ދެން ދާނީ މިހަރަށްވުރެ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލުތަކަށްކަމަށެވެ.

އާސަންދަ ނިޒާމަކީ ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީއަކަށް ގޮސްގެން އެކަނި ބޭނުން ކުރެވޭ އެއްޗަކަށް ނުހަދައި އެއަށްވުރެ ފެންވަރު ރަނގަޅު ޤައުމަކަށް އާސަންދަ ފުޅާކުރާނަން. އެކޮމަޑޭޝަން އެކްސްޕެންސެއް ހިމެނޭ ގޮތަށް އާސަންދަ ފުޅާ ކުރާނަން.

– ރައީސް ޑރ. މުޢިއްޒު

އާސަންދައިން ބޭސްފަރުވާގެ ހިދުމަތް މިހާރު ލިބޭ ގިނަ ހޮސްޕިތަކަކީ އިންޑިއާގެ ހޮސްޕިޓަލް ތަކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *