Ads by
ޚަބަރު
މިއީ ހަސްހާސް ދަނޑިވަޅެއްގައި ލިބުނު މުހިންމު ކާމިޔާބީއެއް! މުހިންމު މެސެޖެއް!: ފައްޔާޒް

މިއަދު ބޭއްވުނު މާލެ ސިޓީގެ މޭޔަރު އިންތިހާބު އާދަމް އާޒިމް ކާމިޔާބު ކުރުމަކީ މިފަދަ ހަސްހާސް ދަނޑިވަޅެއްގައި ދިވެހިންނަށް ލިބުނު މުހިއްމު ކާމިޔާބެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

Ads by Eki Online

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މިއީ ހައްސާސް ދަނޑިވަޅެއްގައި މާލޭގެ ރައްޔިތުން އަދި ޖުމްލަކޮށް ދިވެހިންނަށް ލިބުނު މުހިންމު ކާމިޔާބެއް އަދި މުހިންމު މެސެޖެއް ކަމަށެވެ.

އަދި އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ފައްޔާޒު ވަނީ މަރުހަބާ ކިޔާފައެވެ.

މިއަދު ބޭއްވުނު އިންތިހާބުގައި މިހާތަނަށް ގުނުނު 44 ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުން އާޒިމް ވަނީ 6،335 ވޯޓު ކާމިޔާބުކުރައްވައިފައެވެ.

އާޒިމް އާއި އެންމެ ގާތުންވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންފައިވަނީ 4،037 ވޯޓެވެ.

ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހަށް 1،634 ވޯޓު ލިބިވަޑައިގެންއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގައި ބައި އިލެކްޝަންގައި ވާދަކުރެއްވި ހުސައިން ވަހީދަށް ލިބިވަޑައިގަތީ 1،236 ވޯޓެވެ.

އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ޝުއައިބު އަލީއަށް ލިބިވަޑައިގެންފައިވަނީ 91 ވޯޓެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *