Ads by
ޚަބަރު
މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އާޒިމް ހޮވިވަޑައިގެންފި
ފޮޓޯ: އެމްޑީޕީ

މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އިންތިހާބުވެވަޑައިގެންފިއެވެ.

Ads by Eki Online

މިހާތަނަށް އާންމުކޮށްފައިވާ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އާޒިމަށް ވަނީ 6،335 ވޯޓު ލިބިވަޑައިގެންފައެވެ.

އާޒިމް އާއި އެންމެ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އާޒިމާ އަށް 4،037 ވޯޓު ލިބިވަޑައިގެންފައިވެއެވެ.

ތިން ވަނައިގައި 2،016 ވޯޓުން އުޅުއްވަނީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހެވެ.

އަދި ހަތަރު ވަނައިގައި އުޅެނީ އަމިއްލަ ގޮތުން ވާދަކުރައްވާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގައި ބައި އިލެކްޝަންގައި ވާދަކުރެއްވި ހުސެއިން ވަހީދެވެ. އޭނާ އަށް ލިބިވަޑައިގަތީ 1،458 ވޯޓެވެ.

ފަސް ވަނަ އަށް ދިޔައީ އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އަލީއެވެ. އޭނާ އަށް ލިބިވަޑައިގަތީ 102 ވޯޓެވެ.

މިހާތަނަށް އައިއިރު ނަތީޖާ ނުލިބޭ އޮތީ އަށް ވަރަކަށް ފޮއްޓެވެ. އާޒިމް އާއި އާޒިމާއާ ދެމެދުގައި 2،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތެއް ދައްކައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *