Ads by
ދީން
އީމާންކަން ނެތް މީހަކު, މަސްތުވާތަކެތީގެ އަވާގައި ޖެހިއްޖެ ނަމަ އެއާ ދުރަށް ދާކަށް ނޫޅޭނެ: ޚުތުބާ

އީމާންކަމާއި ޢަޒުމެއް ނެތް މީހަކު, މަސްތުވާތަކެތީގެ ވަބާގައި ޖެހިއްޖެ ނަމަ އެއާ ދުރަށް ދާކަށް ނޫޅޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެެވެ.

Ads by Eki Online

ހުތުބާގައި ބުނެފައިވަނީ މިއަދު އަހަރެމެންނާ ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ވަބާއަކީ, މަސްތުވާތަކެތީގެ ވަބާ ކަމަށާއި މީހަކަށް ބައްޔެއް ޖެހުމުން އެ ބަލިން ފަސޭހަވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. އެއާ ހިލާފަށް ވަރުގަދަ އީމާންކަމާއި އަޒުމެއް ނެތް މީހަކު މަސްތުވާތަކެތީގެ ވަބާގައި ޖެހިއްޖެ ނަމަ އެއާ ދުރަށް ދާން ނޫޅޭނެ ކަމަށެވެ.

ލިބެމުންދާ ބޮޑެތި ގެއްލުންތައް އިޙްސާސް ވިޔަސް އެއާ ދުރަށް ދިޔުމުގެ ބަދަލުގައި އޭނާ މަސައްކަތް ކުރާތަން ފެންނާނީ އަމިއްލަ އަތުން ތިމާގެ ނަފްސާއި ހަށިގަނޑު ހަލާކުކޮށް ނައްތާލަން އުޅޭތަން ކަމަށް ހުތުބާގައި ބުންޏެވެ.

އަދި މަސްތުވާތަކެތި ބޭނުންުރާ މީހަކު އެކަމުން ސަލާމަތްވާން މަސައްކަތް ކުރާކަން އެކަމުގެ ވިޔަފާރީގައި އުޅޭ މީހަކަށް އެނގޭ އިރަށް ކަންބޮޑުވެ, އޭނާ އެކަމުން ދުރަށް ދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި އެހެން ގޮތެއް ނެތިއްޔާ މަރަން ވެސް ފަސްނުޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

މަސްތުވާތަކެތި ބޭނުންކުރާ ބައެއް މީހުންނަކީ ވަޒީފާއެއް އަދާކުރެވޭ ބައެއް ނޫން ކަމަށާއި އެމީހުންނަށް ވަޒީފާ ދިނުމަށް ވެސް މީހުން ފަސްޖެހޭ ކަން ފާހަގަކުރަމުން ހުތުބާގައި އިތުރަށް ބުނީ އެއިން މީހަކަށް މަސައްކަތް ކޮށްގެން ލިބޭ އެއްޗެއް ވެސް ހޭދަކުރަން ޖެހެނީ އަނބިދަރިންގެ ލާބައާއި މަންފާގެ ބަދަލުގައި އަމިއްލަ ހަށިގަނޑުގެ ހަލާކަށް ކަމަށް ހުތުބާގައި ބުންޏެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *