Ads by
ޚަބަރު
ބެއިޖިންގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ރައީސް މުޢިއްޒު ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، ބެއިޖިންގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

Ads by Eki Online

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ދިވެހީންނާ ބައްދަލުކުރެއްވުމުގެ އުފަލެއް ލިބުމަކީ އުފާކުރައްވާ ކަމެއްކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާއިރު، އެކުދިންގެ ތަޖުރިބާއާއި ގޮންޖެހުންތަކާ ބެހޭގޮތުން މަޢުލޫމާތު ހޯއްދަވައިފައެވެ.

އަދި ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް އަލިއަޅުވާލެއްވިއެވެ. އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *