Ads by
ޚަބަރު
ޗައިނާގެ އެހީގައި ރަސްމާލޭގައި 30،000 ހައުސިންގ ޔުނިޓް ތަރައްޤީކުރަނީ

މި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ އެންމެ ބިޔަ ބޮޑު މުޝްރޫއު ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް ޗައިނާގެ އެހީގައި ބިނާކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by Eki Online

ހައުސިން މިނިސްޓްރީން ވިދާޅުވީ ޗައިނާގެ އެހީގައި ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް ބިނާކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މި 30،000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ނޫންނަކަމަށާއި އެ މަސައްކަތް ކުރިއަށްދާނީ އެއްފަހަރާ ހުރިހާ ޔުނިޓްތަކެއްގެ މަސައްކަތް ކުރިއަށްދާގޮތަށްކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދެވޭނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާނީ ބޮސްކާލިސް ވެސްޓްމިނިސްޓަރ ކޮންޓްރެކްޓިން ކޮމްޕެނީ އާއި ސީއެމްސީ ގުޅިގެންނެވެ.

ރައީސް ޑރ. މުޢިއްޒުގެ އަމާޒަކީ ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށްގެން 65000 ގެދޮރު ޔަޤީންވާނެގޮތަށް ރަސްމާލޭ މަޝްރޫޢު ކުރިއަށްގެންދިޔުމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *