Ads by
ޚަބަރު
ރާއްޖެ އާއި ޗައިނާއި ދެމެދު 20 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި ގުޅޭ 20 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by Eki Online

ޗައިނާގެ ރައީސް ޝީ ޖިން ޕިންއާއި އެ ޤައުމުގެ އިސް އޮފިޝަލުންނާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު ރާއްޖެއާއި ޗައިނާއާ ދެމެދު ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. ޗައިނާގެ ވެރިރަށް ބެއިޖިންގެ ޕީޕަލްސް ގްރޭޓް ހޯލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނެވެ.

މިއީ އެއް ފަހަރާ މިހާ ގިނަ އަދަދެއްގެ އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ.

ރާއްޖެއާ ޗައިނާއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި އިޤްތިޞާދީ ދާއިރާ، ތިމާވެށީގެ ދާއިރާ، މީޑިއާގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާއާއި ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީއާ ގުޅޭ އެކި ދާއިރާތައް ހިމެނެއެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުވެސްމެއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *