Ads by
ޚަބަރު
ރައީީސް ޑރ. މުޢިއްޒު ޗައިނާގެ ރައީީސް އާއި ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ރައީސް ޝީ ޖިންޕިން, ރައީސް ޑރ. މުޢިއްޒަށް މިއަދު ރަސްމީކޮށް މަރުޙަބާ ދަންނަވައި ބައްދަލްކުރައްވައިފިއެވެ.

Ads by Eki Online

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާގެ ވެރިރަށް ބެއިޖިންގގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްއަށް ވަޑައިގަތުމުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދެކަނބަލުން ވަނީ ރަތްދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

ރައީސް ޑރ. މުއިއްޒުގެ ޝަރަފުގައި އޮނަގާޑެއް އިންސްޕެކްޓް ކުރުން އޮތެވެ.

މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ޗައިނާއާދެމެދު ބާއްވާ ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށްދާނެއެވެ. އަދި ދެ ޤައުމުގެ ދެމެދު މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރުންވެސް އޮންނާނެއެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު ޗައިނާ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ޗައިނާ ރައީސް ޝީގެ ދައުވަތަކަށް ރައީސް ޑރ. މުޢިއްޒު ޗައިނާ އަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *