Ads by
ޚަބަރު
މަޖިލިސް އިންތިހާބު މާޗު 17ގައި ބާއްވަން ނިންމައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗު 17 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ނިންމައިފިއެވެ.

Ads by Eki Online

އެއީ ރޯދަ މަހުގެ 7 ވަނަ ދުވަހެވެ.

އީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރޯދަ މަހުގެ ތެރޭގައި މަޖިލިސް އިންތިހާބު ބާއްވަން ނިންމީ، ރޯދައިގެ ފަހުގެ ތާރީހެއްގައި އެކަން ކުރަން އިދާރީ ބޮޑެތި ހުރަސްތަކެއް ހުރެގެން ކަމަށެވެ.

އޭގެތެރޭގައި ކުޑަ އީދު ބަންދަށް ފަހު ފެށޭ ހަފުތާއަކީ ސްކޫލުތަކުގެ އިމްތިހާނު ދުވަސްވަރެވެ. އެހެންވުމާއި އެކު ރޯދައިގެ ފަހުން އިންތިހާބު ބާއްވާ ނަމަ ސްކޫލްތައް ނުލިބި ވޯޓުލާ މަރުކަޒުތައް ގާއިމްކުރަން އެކަށީގެންވާ ތަންތަން ނުލިބިދާނެއެވެ.

އަދި މީގެ އިތުރުން އީސީން ބުނީ ރޯދައިގެ ފަހު 10 އެއް ބަންދުކުރަން ސަރުކާރުން ހަމަޖައްސާފައިވާތީ އިންތިހާބު ލަސްވެއްޖެ ނަމަ ދައުލަތުގެ އިދާރާތަކުގެ އެއްބާރުލުމާ އެކު ކުރަން ޖެހޭ މަސައްކަތްތަކުގައި ވެސް ދަތިތަކެއް ކުރިމަތިވާނެކަމަށެވެ.

ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި އިންތިހާބު ބާއްވަން ނިންމީ އެ ސަބަބުތަކާ ހެދި ކަމަށާއި ވޯޓުލާ ގަޑިތަކާއި މަރުކަޒުތައް މި މަހުގެ 30 ގައި އިއުލާންކުރާނެ ކަމަށް އީސީން ބުންޏެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *