Ads by
ޚަބަރު
ޖުވެނައިލް ކޯޓުގެ ވެބްސައިޓު އިންޑިއާގެ ބަޔަކު ހެކްކޮށް އިންޒާރުދީފި

ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓު އިންޑިއާގެ ހެކަރުންގެ ނެޓްވޯކަކުން ހެކް ކޮށްފިއެވެ.

Ads by Eki Online

އެ ވެބްސައިޓު ހެކް ކުރުމަށްފަހު، ހެކް ކުރި ގްރޫޕުން އެމީހުންގެ “އިންޒާރުގެ” ބަޔާނެއް އިންޑިޔާގެ ދިދަޔާއި އެކު ވަނީ ވެބްސައިޓަށް އަރުވާފައެވެ.

އޭގައި ބުނެފައިވަނީ އެމީހުންނަކީ “ބާރަތިޔާ ހެކަރުން” ކަމަށާއި އެ ވެބްސައިޓް ހެކް ކޮށްފައިވަނީ ސަރުކާރުގެ އިސް ބައެއް ބޭފުޅުން އިންޑިއާ އަށް ބަދު ބަސް ބުނެ، ފުރައްސާރަކޮށް ދެއްކެވި ވާހަކައިގެ ސަބަބުން ކަމަށެވެ.

އިންޑިއާގެ ފަރާތުން ރާއްޖެއަށް ލިބިފައިވާ އެހީތެރިކަމާއި ތާރީހީ އެއްބާރުލުން ހަނދާން ކޮށްދެމުން ސައިޓުގައި ލިޔެފައިވަނީ އިންޑިއާގެ ސަގާފަތާއި ދެކޮޅަށް އިހާނެތި ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރައީސް ޑރ. މުޢިއްޒު އާއި ޝިއުނާ ފަދަ ބޭފުޅުން ތިބުމުން ދައްކުވައިދެނީ ރާއްޖެ އޮތް ނިކަމެތި ހާލު ކަމަށް އޭގައި ބުނެފައިވެއެވެ.

މި ފަހަކަށް އައިސް ދައުލަތުގެ ވެބްސައިޓްތަކަށް ތަފާތު ހަމަލާތައް އަމާޒުވެފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *