Ads by
ކުޅިވަރު
11 ދިވެހި ރެފްރީއަކަށް ފީފާ ބެޖު ލިބިއްޖެ
ރާއްޖޭގެ ބައެއް ރެފްރީން... ފޮޓޯ: އެފްއޭއެމް

11 ދިވެހި ރެފްރީއަކަށް ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ ބެޖް މި އަހަރަށް ލިބިއްޖެއެވެ.

Ads by Eki Online

މިއީ ވޭތުވެދިޔަ އަހަރު ދިވެހި ރެފްރީން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި އިންސާފުކޮށްފައިވާތީ އާއި ފިޓްނަސް ޓެސްޓާއި ތިއަރީ ޓެސްޓްތަކުން ފާސްވުމާ އެކު ފަހިވި ފުރުސަތެކެވެ.

ފީފާ ރެފްރީގެ ގޮތުގައި ބެޖް ލިބިފައިވަނީ

 • ޒަހީރު ހުސެއިން

މި އަހަރަށް ފީފާ އެލީޓް ރެފްރީންގެ ގޮތުގައި ހިމަނައިފަވާ ތިން ރެފްރީންނަކީ

 • މުހައްމަދު ޖާވިޒް (ޖޭޑް)
 • އާދަމް ފަޒީލް
 • ހުސެއިން ސިނާން

ފީފާ އެލީޓް އެސިސްޓަންޓް ރެފްރީންގެ ބެޖް މި އަހަރު ލިބުނީ

 • ޖައުފަރު ރަޝީދު
 • އަހުމަދު އަބްދުﷲ
 • ނިއުޝާދު މުހައްމަދު
 • އަހުމަދު ހަސަން
 • އަހުމަދު އަފްސަހު

ފީފާ އެސިސްޓަންޓް ރެފްރީންގެ ބެޖް ލިބިފައިވަނީ

 • އަބްދުﷲ ޝާތިރު
 • ރައީފް ރައޫފް

މިދިޔަ އަހަރުގެ ހަތަރު މަސްތެރޭގައި ކުރިއަށްދިޔަ ސަރަހައްދީ ފުޓްބޯޅަ މުބާރާތްތަކުގެ ތިން ފައިނަލުން ވެސް ރާއްޖޭގެ ރެފްރީން ވަނީ ފުރުސަތު ހޯދައިފައެވެ.

ރާއްޖޭގެ ރެފްރީން ވޯލްޑް ކަޕް ކޮލިފައިން މެޗުތަކާއި އޭޝިއަން ގޭމްސްގެ ރެފްރީންގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވެ އެެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *