Ads by
ޚަބަރު
އަލީ ނިޔާޒު ކުރެންދޫ ދާއިރާއަށް ވާދަކުރައްވަނީ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރެންދޫ ދާއިރާއަށް ވާދަކުރެއްވުމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކޮއްކޮ އަލީ ނިޔާޒު ނިންމައި އެކަން ރޭ އިއުލާންކޮށްފިއެވެ.

Ads by Eki Online

ނިޔާޒު އެކްސްގައިި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހާއި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހަށް ކުރެންދޫ ދާއިރާގެ ރައްޔިތުން އަގުލަބިއްޔަތު ދިނީ އެމްޑީޕީގެ ކެންޑިޑޭޓަށްކަމަށެވެ. އެހެންކަމުން ކުރެންދޫ ދާއިރާއަށް ވާދަކުރައްވާކަން ހާމަކުރައްވަމުން އަލީ ނިޔާޒް ވިދާޅުވީ 20 ވަނަ މަޖިލީހަށްވެސް އެ ދާއިރާއިން ހޮވާނީ އެމްޑީޕީގެ ކެންޑިޑޭޓެއްކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރެންދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބު ވެވަޑައިގެންނެވި އަބްދުލްޣަނީ އަބްދުލްޙަކީމް މިދިޔަ މަހު ވަނީ ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

،، އަދުރޭ2 މަސް ކުރިން

ނިއާޒަކީ ހުްސްއަނގަ ތަޅާމީހެއް އެއްކަމެއްވެސް ނުކޮއްދެވޭނެ

0
0