Ads by
ޚަބަރު
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދަނީ

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ހެދުމަށްޓަކައި ގަވައިދު ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް މިއަދު ވިލިމާލޭގެ ބޭއްވުނު ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މޭޔަރަކަށް ހުންނެވިއިރު ވިލިމާލެ އަށް ކޮށްދެއްވަން ނިންމެވި ވަރަށް ގިނަ ކަންތައްތަކެއް ނުވި ކަމަށެވެ.

އޭގެ ތެރެއިން އެންމެ މުހިންމު ދިނަ ކަންތައްތައް ނިންމެނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހާ ގުޅިގެން ގަވައިދު ބަދަލުކޮށްގެން ކަމަށް ވިޔަސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދިނުމުން ކުރިއަށް ނުގެންދެވުންކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މިދިޔަ 5 އަހަރު ދިޔައީ، އަޅުގަނޑު މޭޔަރަކަށް ހޮވިގެން ދިޔަ ދެ އަހަރާއި ބައި އަޅުގަނޑުމެން ތަކުރާރުކޮށް މަސައްކަތް ކުރިން ވިލިމާލެގައި 10 ބުރިއަށް ނެގުން ހުއްދަ ކުރެވޭތޯ. މީގެ ކުރީގައި ޕްލޭނިން މިނިސްޓްރީއާ ހިސާބުން އެ ހިފެއްޓުނު ހިފެހެއްޓުން ދެނެއް ނުހިފެހެއްޓޭނެ. ދެން މަޖިލީހުން އެކަން އިސްލާހު ކޮށްދޭން އަޅުގަނޑުމެން އެދިފައި ވާނީ.

– ރައީސް ޑރ. މުޢިއްޒު

2015 ވަނަ އަހަރާއި ޖެހެންދެން ވިލިމާލޭގައި އިމާރާތް ކުރެވެނީ 4 ބުރިއަށެވެ. 6 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ބަދަލު ކޮށްފައި ވަނީ ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *