Ads by
ޚަބަރު
މާލޭގެ ކާނުތައް ސާފުކުރުމުގެ ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފި
ފޮޓޯ: މިނިސްޓްރީ

މާލޭގެ ކާނުތަކެއް ސާފުކުރުމަށް ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

Ads by Eki Online

މި ޕްރޮގްރާމަކީ މާލޭ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް  އެންޑް ޕަބްލިކް ވޯރކްސް އާއި ހެލްތް  މިނިސްޓްރީ އަދި ވެމްކޯ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. 5 ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފަށްޓަވައިދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު މާލެއަށް ކުރި ވިއްސާރަގައި ފެންބޮޑުވި އެއް ސަބަބަކީ މަގުތަކުގައި ރަނގަޅަށް ފެން ހިނދޭ އިންތިޒާމެއް ނެތުންކަމަށެވެ. އެހެންނަމަވެސް އެ މައްސަލަތައް ހަލުކުރުމަށް މި ސަރުކާރުން އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ހާއްސަގޮތެއްގައި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަކީ ވަރަށް ގިނަ ދުވަސްވަންދެން ސަމާލުކަން ނުދެވި އޮތް މައްސަލައެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި މައްސަލައަށް ހައްލެއް ގެނެސްދިނުމަށް މާލޭ ސިޓީ ކައުންސިލުން އިސްނަގައިގެން ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭއާއި އަދި އެހެން ފަރާތްތަކާއި އެ ވުޒާރާ ގުޅިގެން ކުރިއަށްދާ މާލެ ސާފުކުރުމުގެ މަސައްކަތަކީ މުހިންމު އަދި މާލެއަށް ކޮންމެހެން ބޭނުންވެފައިވާ މަސައްކަތެއް ކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *