Ads by
ޚަބަރު
ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ ފަސިންޖަރުންގެ ޓާމިނަލް ތަރައްޤީ ކުރާނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސް ކުންފުނިން އިއުލާނުކޮށްފިއެވެ.

Ads by Eki Online

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްސީއެލް) އިން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނެނީ 11،345 އަކަފޫޓުގެ ޕެސެންޖާ ޓާމިނަލެއް ހެދުމާއި ފެސެންޖަ ޓާމިނަލް ސަރަހައްދުގައި ޝޭޑިންއެއްލުމާއި މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލްގެ ސްޓްރަކްޗާ އަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުމުގެ އިތުދަށް ޕެސެންޖަރުންނަށް ދޭ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަން ގާއިމު ކުރުމެވެ.

އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ކުންފުންޏާއި ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް މަޝްރޫއަކަށްވާނީ ކުޅުދުއްފުށި އެއާޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އިތުރަށް ތަރައްޤީކުރުން ކަމުގައި ވިދާޅުވެފައެވެ.

ކުޅުދުއްފުށި އެއާޕޯޓްގެ ޕަސެންޖާ ޓާމިނަލްގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ފެށުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ “ހަފްތާ 14” ގެ ހިމަނާފައި އޮތް މަސައްކަތެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *