Sunday, 27 September 2026
Ads by

މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް

މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް

ފޮޓޯ: މާލެ ސިޓީ ކައުންސިލް

މުހިއްމު ގިނަ ބަދަލުތަކަކާއި އެކީ މާލޭގެ އާސަހަރާ ހުޅުވަން ތައްޔާރުވެއްޖެއެވެ.

Ad Image
Ads by

މާލޭގެ އާ ސަހަރާ ހުޅުވަން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހު ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން މީސް މީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނީ އާސަހަރާގައި މިހާރު ކުރިއަށް ދަނީ ތަން ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. ކައުންސިލުން ވަނީ މި އަހަރުގެ ޖެނުއަރީން ފެށިގެން އާ ސަހަރާގެ ބޮޑެތި މަރާމާތުތަކެއް ފަށައިގެން ކުރިއަށް ގެންގޮސްފައެވެ.

މަރާމާތުގެ މަސައްކަތްތަކަށް ސަހަރާގައި ޖަނާޒާތައް ބޭއްވުން ހުއްޓާލީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭގެ ފަހުން މާލޭގައި މަރުވާ މީހުންގެ ޖަނާޒާތައް ބާއްވަމުން އައިސްފައި ވަނީ ހުޅުމާލޭގައެވެ.

މި މަސައްކަތުގެ ތެރެއިން އާ ސަހަރާގެ ޖާގަ ތަނަވަސް ކުރުމުގައި މިސްކިތް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން އާ ސަހަރާ މިސްކިތުގެ މަތީ ބައި ޚާއްޞަކޮށްފައި ވަނީ އަންހެނުންނަށެވެ.

ސިޓީ ކައުންސިލުން ބުނީ މި މަސައްކަތަކީ އެ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއަށް ކަނޑައެޅި ބަޖެޓަކީ 4.9 މިލިއަން ރުފިޔާއެވެ. ނަމަވެސް އާސަހަރާގެ ކަންކަން ނިންމުމަށް 9.7 މިލިއަން ރުފިޔާ ހޭދަވި ކަމަށް މޭޔަރު އާޒިމް ވިދާޅުވެފައިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި