Ads by
ޚަބަރު
ތްރެޑްސް ބޭނުންކުރާ މީހުން ދެބައިކުޅަ އެއްބަޔަށް ވުރެ ދަށަށް

މެޓާގެ އާ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ތްރެޑްސް ބޭނުންކުރާ މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް މެޓާގެ ވެރިޔާ މާކް ޒަކަބާގް ބުނެފިއެވެ.

Ads by Eki Online

ޓްވިޓާގެ ވާދަވެރިޔާ ވަނީ މި މަހުގެ ކުރީކޮޅު ޓްވިޓާ ތައާރަފުކުރިތާ ފަސް ދުވަހުގެ ތެރޭގައި 100 މިލިއަނަށް ވުރެ ގިނަ މީހުން ކަސްޓަމަރުންނަށް ރޮކެޓް ކޮށްފައެވެ. އެހެންނަމަވެސް ޒަކަބާގް ބުނީ އެ އަދަދުތައް މިހާރު ދަށަށް ގޮސްފައިވާ ކަމަށެވެ.

“ސަތޭކަ މިލިއަނަށްވުރެ ގިނަ މީހުން ސައިން އަޕް ކުރާނަމަ އައިޑިއަލްކޮށް އެންމެން ނުވަތަ ދެބައިކުޅަ އެއްބައި މީހުން ވެސް ސައިން އަޕް ވެއްޖިއްޔާ ވަރަށް ރަނގަޅުވާނެ” އޭނާ ވިދާޅުވިއެވެ.

އެ ކުންފުނީގެ ޗީފް ޕްރޮޑަކްޓް އޮފިސަރު ކްރިސް ކޮކްސް ސްޓާފުންނަށް ވިދާޅުވީ މިހާރު ފޯކަސް ކުރަނީ ޕްލެޓްފޯމަށް މީހުން އަނބުރާ ގެނައުމަށް އިތުރު “ރިޓެންޝަން ޑްރައިވިން ހުކް” އެޅުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ އޮގްމެންޓެޑް ރިއަލިޓީ (އޭއާރް) އާއި ވާޗުއަލް ރިއަލިޓީ (ވީއާރް) ޓެކްނޮލޮޖީގެ މަސައްކަތަކީ “ޝެޑިއުލަށް ވުރެ މާ ކުރީގައި ނޫން ކަމަށާއި ޓްރެކުގައި” މަސައްކަތް ކުރާ ކަމަށާއި ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރު ވަންދެން މެއިންސްޓްރީމްއަށް ދާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށެވެ.

ވީއާރް ހެޑްސެޓާއި އެހެނިހެން އުފެއްދުންތައް އުފައްދާ އެ ކުންފުނީގެ ރިއަލިޓީ ލެބްސް ޑިވިޝަނުން އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ވަނީ ލިބިފައެވެ. މުޅި ކުންފުންޏަށް މާލީ ގޮތުން ރަނގަޅު ކާމިޔާބީއެއް ލިބެމުން އަންނަ އިރު، މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 7.79 ބިލިއަން ޑޮލަރެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *