Ads by
ޚަބަރު
މާލޭގެ ބައެއް ސަރަހައްދުތަކުގައި ޕާކު ކުރުން މަނާކޮށްފި
ފޮޓޯ: އެކި

ސިފައިންގެ މައި އިދާރާ ހުންނަ ގްރީން ޒޯނާއި ސަލްމާން މިސްކިތް ސަރަހައްދާއި ބޮޑުތަކުރުފާނު މަގުގައި، ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ނޫނީ ވެހިކަލް ޕާކު ނުކުރަން ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

Ads by Eki Online

ފުލުހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކަނޑައެޅިފައިވާ ޕާކިންގ ޒޯނުތައް ފިޔަވައި އެހެންތަންތަނުގައި އުޅަނދު ޕާކު ނުކުރުމަށް އިލްތިމާސްކުރާ ކަމަށާއި، މާލޭގެ ބާރުބޮޑު ސަރަޙައްދުތަކުގައި ބަރު އުޅަނދު ޕާކު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އެގޮތުން ގްރީން ޒޯން ސަރަޙައްދާއި ސަލްމާން މިިސްކިތް ހިމެނޭ ސަރަޙައްދުގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތައް ފިޔަވާ އެ ނޫން ތަންތަނުގައި ޕާކް ނުކުރުމަށް ވަނީ އެދިފައެވެ. އަދި މާލޭގެ ބާރުބޮޑު ސަރަހައްދުގައި ބަރު އުޅަނދު ޕާކް ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *