Ads by
ދީން
އަތްމަތި ދަތި މީހާއަށް އޭނާގެ ދަރަނި އަދާކުރުމުގައި ލުއިކޮށްދޭ މީހާއަށް މާތް اللهގެ ހިޔާވަހިކަން ލިބޭނެ: ޚުތުބާ

އަތްމަތި ދަތި މީހާއަށް އޭނާގެ ދަރަނި އަދާކުރުމުގައި ލުއިކޮށްދޭ މީހާއަށް މާތް اللهގެ ހިޔާވަހިކަން ލިބޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by Eki Online

ހުތުބާގައި ބުނީ ދަރަންޏެއް ނެގިފަހުން ވެސް ތަނަވަސްކަމެއް ނުލިބި ދަރަނި ދައްކަން ނުކުޅެދިފައިވާ މީހާއަށް މުހުލަތުދިނުން ނުވަތަ ދަރަނި އަދާކުރުމުގެ މުއްދަތު އިތުރުކޮށް ދެވިދާނެ ކަމަށެވެ. އަދި އަތްމަތި ދަތި މީހާއަށް އޭނާގެ ދަރަނި އަދާކުރުމުގައި ލުއިކޯށްދޭ މީހާއަށް މަހްޝަރު ދުވަހުގެ ގަދަހޫނުން ސަލާމަތް ކޮށްދޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، ގިޔާމަތް ދުވަހު އިރު ހުންނާނީ މީސްތަކުން ބޯތަކާއި ނުހަނު ކައިރީގައި ކަމަށް ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އިރުގެ ގަދަ އަވީން ހިޔާވަހިކަމެއް ލިބޭނެ މަގުތަކެއް ލޮބުވެތި ރަސޫލާ ބަޔާންކޮށްދެއްވާފައިވާ ކަމަށާއި އެއީ މާތް ﷲގެ އަރްޝީގެ ހިޔާވަހިކަން ކަމަށް ބުންޏެވެ.

ގިޔާމަތް ދުވަހުން ހިޔާވަހިކަން ދެއްވާ މީހުންގެ ތެރޭގައި މާތް اللهގެ ވަޖުހުފުޅަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވެ, އެކުގައި އުޅެ, އެގޮތުގައި ވަކިވެދިޔަ މީހުން ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ރީތި, މުއްސަނދި, މަތިވެރި, ހަސަބާއި ނަސަބުން މޮޅު އަންހެނަކު ފާހިޝް ކަމަކަށް ދައުވަތު ދިނުމުން އަހުރެން މާތް اللهގެ އަޒާބަށް ބިރުވެތިވަމޭ ބުނެ, އެ ދަޢުވަތާ ދުރުހެލިވި މީހާ ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Luann2 މަސް ކުރިން

Its like you learn my thoughts! You seem to know a lot approximately this, like you wrote the book in it or something. I believe that you can do with some percent to pressure the message house a little bit, however other than that, this is magnificent blog. An excellent read. I'll definitely be back. Also visit my homepage are mystery boxes legit

0
0