Ads by
ޚަބަރު
ޑިމޮކްރެޓްސް އިން މަޖިލިސް ޕްރައިމަރީ އަށް ފުރުސަތު ހުޅުވާލައިފި

މިއަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Eki Online

އެ ޕާޓީން މިއަދު އެކްގައި ކުރި ޕޯސްޓެއްގައިވަނީ އެކަން އިއުލާންކޮށްފައެވެ. އެ އިއުލާނެއްގައި ބުނީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ޕްރައިމަރީއަށް ކުރިމަތިލުމަށް ބޭނުންވާ މެމްބަރުންގެ ޝަރުތުކަމުގައި އިއުލާންގައި ބުނެފައިވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހަވީރު 16:00 ނިޔަލަށް ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެމްބަރަކަށްވުމުގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަ މެމްބަރަކަށް ވާންވާނެ ކަމަށެވެ.

މި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާނީ ވެސް އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ޑިމޮކްރެޓްސްގެ ދަފްތަރުގައި ޖެހިފައިވާ މެމްބަރުންނަށެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓް އާއްމުކޮށް، އަންނަ މަހުގެ 6 ވަނަ ދުވަހު ޝަކުވާ އަށް ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ. އެއަށްފަހު ދާއިމީ ލިސްޓް އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ގަ އެވެ.

ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 17 ގަ އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *