Ads by
ޚަބަރު
ވިލިމާލޭގެ މަގުތައް ހެދުމަށް ސާވޭ އާއި އީއައިއޭ މަސައްކަތް އާރުޑީސީއަށް

ވިލިމާލޭގެ މަގުތައް އަލުން ތަރައްގީ ކުރުމަށް ސާވޭ އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.

Ads by Eki Online

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެ މަސައްކަތް އާރުޑީސީއާއި ހަވާލު ކުރީ 1.7 މިލިއަން ރުފިޔާއަށެވެ. އެއީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ވިލިމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ 5.6 ކިލޯމީޓަރުގެ މަގުތަކެވެ.

ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ސާވޭ ހެދުމުގެ މަގުސަދަކީ ވިލިމާލޭގެ މަގުތަކުގެ ހާލަތު ދެނެގަނެ، މަޝްރޫއު ހިންގުމަށް ދާނެ ސީދާ ހަރަދު ދެނެގަތުން ކަމަށެވެ.

ވިލިމާލޭގެ 5.6 ކިލޯމީޓަރުގެ މަގުތައް ހެދުމަށްޓަކައި ބޭނުންވާ ސާވޭތައް ހެދުމާއި ޑީޓެއިލް ޑިޒައިނާއި އީއައިއޭ އާއި ސްޓޯމް ވޯޓާ ޑިޒައިން މި ހުރިހާ ކަމެއް ހިމެނިގެން މި މަސައްކަތް ނިމިގެން ދާނެ.

– މުއްތަލިބް

ވިލިމާލެ މަގުތައް ހެދުމަކީ އެ އަވަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި މި އަވަށުގެ ޑިޒައިނާއި އެހެނިހެން ކަންކަން ކުރެވޭނީ ރަށުގެ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސާވޭއަށް ފަހު ތާރު އަޅަންޖެހޭ މަގުތަކުގައި ތާރު އަޅައި، ގާއަޅަން ޖެހޭ މަގުތައް ވެސް އަލުން ތަރައްގީ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *