Monday, 14 September 2026
Ads by

ރާއްޖެއަކީ ބަސް ބުނަން ކެރޭ ގައުމެއްކަން ރައީސް ޑރ. މުޢިއްޒު ސާބިތުކޮށްދެއްވައިފި: ޤާސިމް

ރާއްޖެއަކީ ބަސް ބުނަން ކެރޭ ގައުމެއްކަން ރައީސް ޑރ. މުޢިއްޒު ސާބިތުކޮށްދެއްވައިފި: ޤާސިމް

އްޖެއަކީ ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސާބިތުކަމާ އެކު ދައްކުވައިދެއްވާފައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ދިވެހިރާއްޖެ ތަމްސީލް ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ވަޑައިގެންނެވީ މިއަދުއެވެ.

ރައީސް ވަނީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގަ އާއި އދ. ގެ ސަލާމަތީ މަޖިލިހުގައި ވެސް ތަގުރީރު ކުރައްވާފައެވެ. އަދި ޕްރިންސްޓަން ޔުނިވާސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް އެފެއާޒްގައި ވާހަކަ ދެއްކެވިއެވެ. އޭގެ އިތުރުން އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ.

ގާސިމް މިއަދު އެކްސްގައި ވަނީ އދ. ގައި ރާއްޖެ ތަމްސީލު ކުރެއްވުމުން ރައީސް މުޢިއްޒުއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ޖިއޮގްރަފީގޮތުން ރާއްޖެ ކިތަންމެ ކުޑަނަމަވެސް އދ. ގެ އާންމު މަޖިލީހުގެ ސެޝަންތަކުގައި މީގެ ކުރީގައިވެސް ރާއްޖޭގެ ބައެއް ވެރީން ބައިވެރިވެވަޑައިގަންނަވައި ރާއްޖެ ތަމްސީލް ކުރައްވާ ރާއްޖެއަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތަކާއި، އަދި މުޅިދުނިޔެއަށް ދިމާވެފައިވާ އެކި އެކި ކަންތައްތަކާއި ގުޅޭ ގޮތުން މުނާސަބުގޮތެއްގައި އަޑުއުފުއްލަވާފައިވާކަމަށެވެ. ނަމަވެސް މި ގައުމުގެ ވެރިޔަކު އދ ގައި ދިވެހި ގައުމު ތަމްސީލް ކުރުމުގައި އަދުގެ ރައީސް މުޢިއްޒު ރާއްޖެ ތަމްސީލް ކޮށްދެއްވީ، ނުހަނު ވިސްނުންތެރިކަމާއި އެކު ވަރަށް ފުރިހަމަ އަދި އެހާމެ މުނާސަބުކޮށް ކަމަށެވެ.

އެހެންކަމުން ރާއްޖެއަކީ ފަޚުރުވެރި, ކެރޭ، ހަރުދަނާ، ދުރުވިސްނޭ، އިލްމާއި ހުނަރު ލިބިފައިވާ، ތަރައްގީއަށް އުންމީދު ކުރާ ތަަސައްވަރެއް އޮތް، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން އެމަނިކުފާނު ދައްކުވައިދެއްވާފައިވާ ކަމަށެވެ.

އިތުރަށް ތައުރީފްކުރައްވަމުން ގާސިމް ވިދާޅުވީ އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި، ރައީސް ދެއްވި ތަގުރީރަށް ދުނިޔޭގެ ސަމާލުކަން ވެސް ލިބިގެންދިޔަ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
472483_f23f3663-7_
މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް، ރާއްޖެ ވަޑައިގެންފި
20260913_215603
ތުރުކީގެ "މަގޭ ޢާއިލާ ރައްކާތެރި" ރެެއިޑް: ލާދީނީ އެލްޖީބީޓީ ހަރުކަށި ޖަމާޢަތްތަކަށް ނިސްބަތްވާ 26 މީހުން ހައްޔަރުކޮށްފި
b_202609140349441789382984
މީހުން ބަލަބަލާ ތިއްބާ ޓީވީއެއް ވަގަށް ނަގައިގެން ފިލައިފި
raeesoffice_presidentoffice2
ރައީސް އޮފީހުގެ 2 މަގާމަކަށް 2 ބޭފުޅަކު އައްޔަންކުރައްވައިފި
Ads by
މަގުބޫލު
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި