Wednesday, 9 September 2026
Ads by

ފޭކް ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރުން އިތުރުވާތީ ސަމާލުވާން އެދިއްޖެ

ފޭކް ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރުން އިތުރުވާތީ ސަމާލުވާން އެދިއްޖެ

ފޮޓޯ: ފުލުހުން

ބޭންކް ޓްރާންސްފާ ސައްހަނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

Ad Image
Ads by

ފުލުހުން ބުނެފައިވަނީ ފޭކް ސްލިޕްތައް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތަކާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުތަކުން މިހާތަނަށް ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން ތަހުގީގުތަކުން ފާހަގަކުރެވުނު ކަމަކީ ފޭކް ސްލިޕް އުފައްދާ މީހުން އެކަން ކުރަނީ ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެންކަމަށެވެ. އަދި ހާއްސަކޮށް ރެސްޓޯރެންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން ފޭކް ސްލިޕްތައް ފޮނުވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީން ކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ފުލުހުން އިލްތިމާސް ކުރިއެވެ.

އަދި އޮންލައިން ވިޔާފާރިތައް ހިންގާ ފަރާތްތަކުންވެސް މިކަހަލަ ކަން ކަމަށް އިތުރަށް ސަމާލުވާންވެސް ފުލުހުން އިލްތިމާސް ކުރިއެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ރިޕޯޓު ކުރުމަށްވެސް ފުލުހުން އެދެއެވެ.

 

މި މަހުގެ 6 ވަނަ ދުވަހުގައި ފުލުހުން ވަނީ ޑޮލަރު ވިއްކުމުގެ ސްކޭމްތައް ކުރިއަށް ދާތީ އެކަމަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައެވެ. އަދި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްކުރުމުގައި އިތުބާރުހުރި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާއި މުއާމަލާތްކުރުމަށްވެސް ފުލުހުން ވަނީ ކުރިންވެސް އިލްތިމާސް ކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި