Ads by
ދީން
ޞަދަޤާތް ދޭ މީހާއަށް ލިބޭ ފައިދާތައް!

އަހަރެމެން އެއްވެސް މީހަކަށް ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކުން އެއްވެސް މިންވަރެއް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެންނެއް ނުވެއެވެ. ޞަދަޤާތްކުރުމަކީ އަހަރެމެންގެ ފައިދާއަށް ކުރަން ޖެހޭ ކަމެކެވެ.

Ads by Eki Online

ޞަދަޤާތް ދޭ މީހާ އަށް ޒާތީގޮތުން ކުރާ ފައިދާތަކުގެ ތެރޭގައި، އޭނާގެ މުދާ ޠާހިރު ވުމާއި އެ މުދާ އިތުރުވުން ހިމެނެއެވެ. ހިތް ސާފުވެ ކިބުރުވެރި ކަމުގެ ބަލިން އޭނާ ސަލާމަތް ވެއެވެ.

މުޖްތަމަޢުގައި އެފަދަ މީހުންނަށް ލިބޭ ޤަދަރާއި މަތިވެރިކަމަށް ބަލާއިރު އޭނާ ވެގެންދަނީ އެންމެންގެ ލޯތްބާއި އިޙްތިރާމު ލިބިގެންވާ މީހަކަށެވެ. އެއީ އޭނާގެ ފަރާތުން މަންފާ ކުރާ ގިނަބަޔަކު އެ މުޖްތަމަޢުގައި އުޅޭތީ ވާގޮތެއް ނޫނެވެ. އެހެނަސް އެއީ ޞަދަޤާތް ކުރުމުގެ ސަބަބުން އޭނާ އަށް ލިބޭ ހިތްތިރިކަމާއި މަޑުމައިތިރިކަމުގެ ސަބަބުން އޭނާގެ ޙަރަކާތްތައް ވެސް މުޖްތަމަޢުގައި ހުންނަލެއް އަމާންކަމުގެ ނަތީޖާއެވެ.

ޞަދަޤާތަކީ މީހުން ބިރުވެރިކަމާއި ބަލާ، މުޞީބަތްތަކުން ސަލާމަތްކޮށްދޭ އެއްޗެކެވެ. އެއީ ދިރިއުޅުމުގެ ހަނގުރާމާގައި މުހިއްމު ހަތިޔާރެކެވެ. ޞަދަޤާތް، މުޞީބާތްތަކާއި ދަތިއުނދަގުލުން މީހުން ހިމާޔަތްކޮށް ސަލާމަތްކޮށްދެއެވެ.

މިއީ ޝިފާއެކެވެ. އެއިރެއްގައި ދިމާވާ ބަލިތަކަށްވާ ފަރުވާއެކެވެ. ޢާއްމުގޮތެއްގައި ޞަދަޤާތުން ކޮންމެ ބައްޔަކަށް ފަރުވާލިބި ބަލި ފަސޭހަވެދެއެވެ. އިހުޒަމާނާއި މިޒަމާނުގެ ތަޖުރިބާތަކުން ވަނީ އެނގި ކަށަވަރުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *