Monday, 18 May 2026
Ads by

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

Ad Image
Ads by

އެމެރިކާގެ ނިއުޔޯކަށް ރައީސް ޑރ.މުޢިއްޒު ކުރައްވި މި ދަތުރުފުޅުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންފައިވެއެވެ.

ރައީސް ވަނީ، އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި، ނުވަތަ ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އދ ގެ ސަލާމަތީ މަޖިލީހުގައި ވެސް ތަގުރީރު ކުރައްވާފައެވެ.

މިއީ މީގެ 59 އަހަރު ކުރިން، އދ.ގެ މެންބަރަކަށް ދިވެހިރާއްޖެ ވީ ފަހުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު އދ.ގެ ސަލާމަތީ މަޖިލީހުގައި ތަޤުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުހިންމު މައުޟޫޢުތަކަށް އެތައް ތަޤުރީރެއް ދެއްވާފައެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު ބައެއް ބައްދަލުވުންތަކުގެ ރިޔާސަތުގައި ކޯ-ޗެއަރއެއްގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ވަޑައިގެންނެވި އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވާ، ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދަވާފައިވެއެވެ.

އަދި ނިއުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާވެސް އެމަނިކުފާނު ވަނީ މި ދަތުރުފުޅުގައި ބައްދަލު ކުރައްވާފައެވެ.

މި ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސް އެމެރިކާ ގެ ނިއުޔޯކަށް ފުރާވަޑައިގެންނެވީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
breaking
މާފިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި، މެރިން ޕޮލިހުން ދަނީ ހަރަކާތްތެރިވަމުން
Mahibadhoo council members
މަހިބަދޫ ކައުންސިލަށް ނައިބު ރައީސަކު ނުހޮވި، ކައުންސިލްގެ ހިންގުން ހުއްޓުމަކަށް
MNDF
ގެއްލުނު އިޓަލީގެ 4 ޑައިވަރުންގެ ހަށިގަނޑު ފެނިއްޖެ
IMG_4694
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
Ads by
މަގުބޫލު
easha
ވަޒީފާއިން ވަކިކުރުމުން ބަދަލުހިފަން ރައީސްގެ އަބުރު ކަތިލާނެ ކަމަށް ބުނާ އީޝާގެ އޯޑިއޯއެއް ލީކުވެއްޖެ
PO
ޢީދު ޗުއްޓީއަށް މެއި 24 އަދި 25 ވެސް ސަރުކާރު ބަންދު
dhogu
ކޯޓު އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކެނޑުމުން، އަދަދުގެ ޝަހުޒާން އަދި ލީވާން ޖަލަށް!
anni mdp
ނަޝީދު އިސްވެހުރެ އެމްޑީޕީން ރޭ ކުރި މުޒާހަރާގައި ފުލުހެއްގެ ލޯމަތި ފަޅާލައިފި
easha
ވަޒީފާއިން ވަކިކުރުމުން ބަދަލުހިފަން ރައީސްގެ އަބުރު ކަތިލާނެ ކަމަށް ބުނާ އީޝާގެ އޯޑިއޯއެއް ލީކުވެއްޖެ
PO
ޢީދު ޗުއްޓީއަށް މެއި 24 އަދި 25 ވެސް ސަރުކާރު ބަންދު
dhogu
ކޯޓު އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކެނޑުމުން، އަދަދުގެ ޝަހުޒާން އަދި ލީވާން ޖަލަށް!
anni mdp
ނަޝީދު އިސްވެހުރެ އެމްޑީޕީން ރޭ ކުރި މުޒާހަރާގައި ފުލުހެއްގެ ލޯމަތި ފަޅާލައިފި