Ads by
ޚަބަރު
މިއަދުން ފެށިގެން މެޑިކަލް އާއިއެކު ނޫނީ ވޯކް ޕާމިޓަށް ދޫނުކުރާން ނިންމައިފި
ފޮޓޯ: މީސް މީޑިޔާ

މިއަދުން ފެށިގެން ރާއްޖެއަށް އެތެރެވާ ބިދޭސީންނަށް ވޯކް ޕާމިޓްދޭނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ ގަބޫލްކުރާތަނަކުން ދޫކުރާ މެޑިކަލް ހަދައި ހުށަހެޅުމުންކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

Ads by Eki Online

އެ މިނިސްޓްރީން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ވޯކް ޕާމިޓް ހެއްދުމަށްޓަކައި ހަދަންޖެހޭ މެޑިކަލް އާ ނުލައި ވޯކް ޕާމިޓް ދޫކުރަމުން ގެންގޮސްފައިވާކަމަށެވެ.

އެހެން ނަމަވެސް، މިއަދުން ފެށިގެން ވޯކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ވޯކް ޕާމިޓް ދޫކުރެވޭނީ އަދި ވޯކް ޕާމިޓް ދޫކުރެވިފައިވާ ފަރާތްތަކަށް އެ ޕާމިޓްގެ މުއްދަތު އިތުރުކުރުމަށް ވޯކް ޕާމިޓް ފީ ދެއްކޭނީ، އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ މެޑިކަލް ޚިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހަދާފައިވާ ރިޕޯޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުންކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެއެވެ.

އަދި، ވޯކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވާ ފަރާތްތަކަށް 15 ދުވަހުގެ ތެރޭގައި މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިވަގުތު ވޯކް ޕާމިޓް މުއްދަތު ހަމަވެފައިވާ ބިދޭސީއެއް ރާއްޖެއިން ބޭރުގައި ހުރި ނަމަ، އެ ފަރާތަކަށް ވޯކް ޕާމިޓްގެ މުއްދަތު އިތުރުކޮށް، ރާއްޖެ އެތެރެވެވޭނީ، ރާއްޖެއިން ބޭރުން މެޑިކަލް ރިޕޯޓެއް ހައްދައި، އެކްސްޕެޓް ސިސްޓަމަށް ހުށަހަޅައިގެންނެވެ.

އެގޮތަށް ހުށަހަޅާ މެޑިކަލް ރިޕޯޓްތަކުގައި، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ހުރިހާ ޓެސްޓުތަކެއް ހިމެނެންޖެހޭނެއެވެ.

ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވޯކް ޕާމިޓަށް ބޭނުންވާ މެޑިކަލް އާ ނުލައި ވޯކް ޕާމިޓް ދޫކޮށްފައިވާ ފަރާތްތަކުގެ މެޑިކަލް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް 2024 ޖުލައި 04 ގެ ނިޔަލަށް ހުށަހަޅަން ޖެހޭނެކަމަށް އެ މިނިސްޓްރީން ބުނެެއެވެ.

އެ މުއްދަތާއި ހަމައަށް މެޑިކަލް ހުށަހަޅާފައި ނުވާ ފަރާތްތަކަށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *