Thursday, 13 August 2026
Ads by

ބީއެމްއެލް ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ބީއެމްއެލް ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހުސްވެފައިވާ ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

Ad Image
Ads by

ބީއެމްއެލްގެ ސީއީއޯގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ކާލްސް ސްޓުމްކަ މި މަހުގެ 9 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބީއެމްއެލްގެ ސީއީއޯގެ މަޤާމުގައި ހުންނެވި ކަރލް ސްޓުމްކަ އިސްތިއުފާ ދެއްވުމުން، މިހާރު ބީއެމްއެލްގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނެވެ.

ބީއެމްއެލްއިން ކުރި އިޢުލާނުގައި ބުނެފައިވަނީ، ސީއީއޯގެ މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭ ކަމަށެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ބޭންކިން ނުވަތަ ފައިނޭންސުން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. މި މަޤާމަށް ކުރިމަތިލެވޭނީ ބޭންކިން ދާއިރާގައި މަސައްކަތްކުރާތާ 15 އަހަރުވެފައިވާ، އަދި ސީނިއާ މެނޭޖްމެންޓުގައި 5 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ކަމުގައިވެސް އެ ބޭންކުގެ އިޢުލާނުގައި ވެއެވެ.  ބީއެމްއެލްގެ ސީއީއޯގެ މުސާރަ ކަނޑައަޅާނީ، އެ މީހެއްގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހުއެވެ.

ބީއެމްއެލްގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރާނީ 3 އަހަރުގެ މުއްދަތަކަށެވެ. އެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށް ބަލައި މަޤާމުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
449094-ca0998d1-a-876x584-1
ރައީސް މުޢިއްޒުއާ ބައްދަލުކުރަން އިތުރު 8 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި
20260813_092003
ހޮރްމޫޒް ކަނޑުއޮޅި އޮތީ އެމެރިކާއިން އަޅާފައިވާ "ވައިޓައިނުލެވޭނެ ދަގަނޑު ފާރެއް" ފަދަ ބްލޮކޭޑެއްގެ ކޮންޓްރޯލްގައި، އީރާނުން ހަނގުރާމައިގެ ބަދަލު ދޭންޖެހޭނެ: ޓްރަމްޕު
moosun
މިއަދުވެސް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ: މެޓް
Ads by
މަގުބޫލު
770688466_27000402432966038_4102168319744938549_n
ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން އަވަހާރަވެއްޖެ
AB6DE163-F653-4B48-BBD4-7ED2187353D2
ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ
20260809_104625
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ތެޔޮ އުޅަނދަކަށް ޙަމަލާދީ އޮމާނު ކައިރިން ދެވަނަ އުޅަނދަކަށްވެސް ޙަމަލާ އަމާޒުވެއްޖެ!
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ